ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމާއި ގުޅޭ

            ހައްދުންމަތީ އިސްދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމަށް ހުޅުވާލި މިކައުންސިލްގެ (IUL)395-02/395/2021/86 07 ޑިސެމްބަރ 2021 ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

            ހައްދުންމަތީ އިސްދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅޭ ލޯގޯއާއި ދިދަތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއާއި ދިދައެއްގެގޮތުގައި ކަނޑައަޅާ ލޯގޯއާއި ދިދައަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖެނުއަރީ 2022 ވާ ހޯމަދުވަހުގެ ދުވަހުގެ 12:00 ގެ ކުރިން ލޯގޯއާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯއާއި ދިދަ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

13 ޖަނަވަރީ 2022
ހޯދާ