ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022ވަނަ އަހަރަށް އެކުލަވާލާ ވޭޖް ޕޫލަށް މީހުން ހޯދުން

 

ނަމްބަރ: IUL)244-ESMSMS/244/2022/2

 

އިޢުލާން

 2022 ވަނަ އަހަރަށް އެކުލަވާލާ ވޭޖް ޕޫލަށް މީހުން ހޯދުން

      މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ އަދި ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

      ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން "ވޭޖް އުޞޫލުން މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ވޭޖް / ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

 

#

މަޤާމް

ރޭންކް

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމު ސަނަދުނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS1

53.00ރުފިޔާ

3

މަސައްކަތު

SS1

45.00 ރުފިޔާ

         

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖަނަވަރީ 2022
ހޯދާ