މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ތަމްރީނުތަކެއް ބޭއްވުމާ ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީނުތަކެއް، 2022 ޖަނަވަރީ 15 އިން 22 އަށް، މިއިން ކޮންމެ ދުވަހެއްގެ 23:59 އިން 06:00 އަށް ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:             މިނީފްލޭއަރ، ޓްރިޕް ފްލޭއަރ

 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:       5000 މީޓަރ

 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      300 މީޓަރ

 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:       ސީ-ލެވެލް

 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ތ. އެލާ މިރަށްތަކާ ދިމާ މަތި

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ޖަނަވަރީ 2022
ހޯދާ