އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް


މަޤާމް:

 ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރ:

J-343591 

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 އެމް.އެސް 2 ން އީ.އެކްސް 6 އަށް

މަޤާމުގެ ކްލެސިފިކޭޝަން:

 ޓީޗިންގ ސަރވިސް އޮފިސަރ 3 އިން ޓީޗިންގ ސަރވިސް އޮފިސަރ 6

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 އދ. އަތޮޅު ތަޢުލީމީ މަރުކަޒު / އދ. މަހިބަދޫ

މުސާރަ:

-/6295 ރުފިޔާ އާއި -/15560 ރުފިޔާ އާއި ދެމެދު

ސަރވިސްއެލަވަންސް:

-/2500 ރުފިޔާ

ޓެނުއަރޝިޕް އެލަވަންސް

-/2000 ރުފިޔާ

 އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ ގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ، (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ ސްކޫލް މެނޭޖްމެންޓް) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS2

900.00 ރުފިޔާ

EX1

1100.00 ރުފިޔާ

EX4

1300.00 ރުފިޔާ

MS3

900.00 ރުފިޔާ

EX2

1100.00 ރުފިޔާ

EX5

1500.00 ރުފިޔާ

MS4

900.00 ރުފިޔާ

EX3

1300.00 ރުފިޔާ

EX6

1500.00 ރުފިޔާ

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވޭ ދަންފަޅީގައި ސްކޫލުގެ ކިޔަވައިދިނުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލް ހިންގުމުގައި ޕްރިންސިޕަލަށް ބޭނުންވާ އެންމެހައި މަޝްވަރާއާއި ލަފަޔާއި އެއްބާރުލުން ދިނުން.
  4. ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލް ކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޟިރުވެ، ސްކޫލް ތަމްސީލުކުރުން.
  5. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެންމެހާ ޕޮލިސީތައް ތަންފީޒު ކުރުމާއެކު ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  6. ލީޑިންގ ޓީޗަރުން ކޯޑިނޭޓްކޮށް ހަފްތާއަކު އެއްފަހަރު އެކަޑަމިކް ރިވިއު މީޓީންގތައް ބޭއްވުން.
  7. މަންހަޖު ތަންފީޒު ވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަން ކުރެވެމުންދަނީ، އެސެސްމަންޓް ޕޮލިސީ އާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  8. އެކަޑަމިކް މީޓިންގ ކޮންމެ 3 ހަފްތާއިން 1 ފަހަރު ބޭއްވުން.
  9. ހުރިހާ ކުލަބުތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.
  10. ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް މޮނިޓަރކޮށް މަހުން މަހަށް ރިވިއު ހަދައި އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  11. ސެޝަންގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.
  12. ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ބައްދަލުވުންތައް ރާވައި ހިންގުން.
  13. ދަރިވަރުންނަށް ހާސިލްވަމުންދާވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.
  14. މުޖުތަމަޢު އާއި ސްކޫލާއި ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުން.
  15. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

މަޤާމުގެޝަރުތުތައް:

ކްލެސިފިކޭޝަން

ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓީޗިންގ ސަރވިސް އޮފިސަރ 3

MS2

 - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ

 -  ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

   ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

   އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު، ކިޔަވައި

   ދިނުމުގެ  ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

6295.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 4

MS3

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.  ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ

  ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު،

  ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7035.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 5

MS4

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެމަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން

  2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7875.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 6

EX1

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރު

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، ކިޔަވައި ދިނުމުގެ ރޮގުން

  2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

8835.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 7

EX2

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަ ހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 7  ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2

  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

9890.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 8

EX3

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2

  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

11065.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 9

EX4

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 - ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2

  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

12400.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 10

EX5

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

  މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ

  އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2

  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

13890.00 ރ

2500.00 ރ

ޓީޗިންގ ސަރވިސް އޮފިސަރ 11

EX6

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ

 މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ

 ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

15560.00 ރ

2500.00 ރ

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް)

 

  • އެޑިޔުކޭޝަން
  • ސްކޫލް މެނޭޖްމަންޓް
  • ސްޕެޝަލައިޒްޑް ސަބްޖެކްޓް
  • ޓީޗިންގ

 (މަޤާމުގެ ކޯ ޑިސިޕްލިންތައް)

 

  • އެޑިޔުކޭޝަން
  • ސްކޫލް މެނޭޖްމަންޓް
  • ސްޕެޝަލައިޒްޑް ސަބްޖެކްޓް
  • ޓީޗިންގ

 މަޤާމަށް ކަނޑައަޅާފައިވާ ވަޒީފާގެ ދާއިރާ(ތައް)

 

  • ޓީޗިންގ ސަރވިސް
  • ސްކޫލް މެނޭޖްމަންޓް 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • * ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • * މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • * ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)http://www/csc.gov.mv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.  

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ ގެ މުއްދާތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފެރެންސް ޗެކް ފޯމް"

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2022 ޖަނަވަރީ 26 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، އދ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 2022 ފެބުރުވަރީ 01 ން، 2022 ފެބްރުއަރީ  03  އާ ދެމެދު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގަ އާއި  މި އިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680024 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

13 ޖަނަވަރީ 2022
ހޯދާ