މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ނަގާ އައިސޮލޭޝަން ފެސިލިޓީތަކާއި ފްލޫ ކްލިނިކްތައް އަދި ސާމްޕަލިންގ ކްލިނިކްތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                      އިޢުލާން

 

    ކޮވިޑް-19 އާއި ގުޅިގެން ނަގާ އައިސޮލޭޝަން ފެސިލިޓީތަކާއި ފްލޫ ކްލިނިކްތައް އަދި ސާމްޕަލިންގ ކްލިނިކްތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 23 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖަނަވަރީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހު މެންދުރު 13:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

10  ޖުމާދަލްއާޚިރާ 1443

13 ޖަނަވަރީ 2022
ހޯދާ