ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ވަނީ 19 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައެވެ. އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.


އޭޖީއެމް ބޭއްވޭނޭ ތާރިހް:- 19 ފެބްރުއަރީ 2022
ގަޑި:- 16:00
ތަން:- ސީބީއެމް މީޓިންގ ރޫމް

 

2022 އާންމު ޖަލްސާގެ އެޖެންޑާ
1. ތައާރަފް
2. 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
3. 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
4. 2022 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
5. 2022 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
6. މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މާލެ ސްޕޯޓްސް ކޮމްޕްލެކްސް
ފޯން: 3325503
[email protected]

13 ޖަނަވަރީ 2022
ހޯދާ