އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފިސަރ، ޕްރޮކިއުމަންޓް އެންޑް މެއިންޓަނެންސް (ގްރޭޑް 1)

މަޤާމް :އޮފިސަރ، ޕްރޮކިއުމަންޓް އެންޑް މެއިންޓަނެންސް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސަސް / އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް

އަސާސީ މުސާރަ

-/6،500ރ (ހަ ހާސް ފައް ސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް 196/67ރ (ސަތޭކަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ލިވިންގ އެލަވަންސް

-/2،000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާ

ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/500ރ (ފައް ސަތޭކަ) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މެނޭޖްމަންޓްގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މެނޭޖްމަންޓްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. މިއޮފީހުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޔައުމިއްޔާ ބެލެހެއްޓުން.
  2. ސްޓޮކް ބެލެހެއްޓުން.
  3. އޮފީހުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަަސައްކަތް.
  4. އޮފީހުގެ އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

ހ. ބިޑް ރެކޯޑް ފޮތް ބެލެހެއްޓުން.

ށ. ބިޑް ޑޮކިއުމަންޓްތައް ބެލެހެއްޓުން.

ނ. ބިޑް އިވެލުއޭޝަން ކޮމިޓީގެ ސެކްރެޓަރީގެ މަސައްކަތް ކުރުން.

ރ. އެސެޓް ކްރިއޭޓް ކުރުން.

ބ. ވެންޑަރ ކްރިއޭޓް ކުރުން.

ޅ. ޕާރޗެސް އޯޑަރ ތައްޔާރުކުރުން.

ކ. އޮފީހުގެ މުވައްޒަފުންގެ ދަތުރުތަކުގެ ޓިކެޓު ބުކިންގ ހަމަޖެއްސުމާއި އަދި މިފަދަ ދަތުރުތަކާ ގުޅުން ހުރި އެހެނިހެން މަސައްކަތް   ކުރުން.

އ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ޔުނިޓްގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ ތައްޔާރުކުރުން.

މ. ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.

ފ. އޮފީހުގެ ހަރުމުދަލުގެ ރިކޯޑު ބެލެހެއްޓުން.

ދ. ޔުނިޓު އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

5. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

6. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

7. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ. 

13 ޖަނަވަރީ 2022
ހޯދާ