ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
6 ވަނަ އިންޓަރ އޮފީސް/ކުންފުނި ހޭންޑްބޯލް މުބާރާތް 2022

މި އިޢުލާންވަނީ 17 ޖަނަވަރީ 2022 12:07 ގައި ބާތިލް ކުރެވިފައެވެ.


No: I/HB/H2022/01

 

6 ވަނަ އިންޓަރ އޮފީސް/ކުންފުނި ތަކުގެ ހޭންޑްބޯޅަ މުބާރާތް 2022

ޢިއުލާން

 

މި އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން 20 ފެބްރުއަރީ 2022 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 06 ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 27 ޖެނުއަރީ 2022 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން  މި އެސޯސިއޭޝަނަށް ފޮނުވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިބިވަޑައި ގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުންނެއެވެ.

މިމުބާރާތުގައި ބައިވެރިވެލައްވާ ޓީމްތަކުން ޓީމްލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޙަކީ 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 1400 އެވެ. އަދި މި މުބާރާތުގެ ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

 އިތުރު މައުލޫމާތު ހޯއްދެވުމަށް 9879555 އާއި ގުޅުއްވުން އެދެމެވެ.

12 ޖަނަވަރީ 2022

ފޯމް މެއިލްކުރަންވީ [email protected]   

12 ޖަނަވަރީ 2022
ހޯދާ