މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ. މަނިޔަފުށީގައި ކުރުމަށް ހަމަޖެހިފައިވާ ބެލްކަނި ރެއިލިންގ އަދި ޕާޓިޝަންގެ މަސައްކަތް

މި އިއުލާނާއިއެކު ހިމެނިފައިވާ ބިޑް ޑޮކިއުމެންޓްގައި ތަފްސީލް ދެވިފައިވާ ކ.މަނިޔަފުށީގައި ކުރުމަށް ހަމަޖެހިފައިވާ ބެލްކަނި ރެއިލިންގ އަދި ޕާޓިޝަން ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،

  • 12 ޖަނަވަރީ 2022 އިން 23 ޖަނަވަރީ 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- ބިޑް ހުށަހަޅާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ނުވަތަ އީމެއިލް އިން ފޮނުއްވުންއެދެމެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ބިޑަރސް ބޭނުންވާ އިތުރު މައުލޫމާތު ނެގުމަށް ކ.މަނިޔަފުށްޓައް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ކުރުން އޮންނާނީ 19 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ފުރަން ހަމަޖެހިފައިވަނީ އެކުވެނި ކުރިމަތިންނެވެ. ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވޭނީ 72 ގަޑި އިރު ހަމަނުވާ ޕީ.ސީ.އާރު ނެގަޓިވް ނަތީޖާ ދެއްކުމުންނެވެ.
  • ބިޑް ހުޅުވުން އޮންނާނީ 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓުޓުގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ.

 މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ , 7904897 9662342 ނަންބަރު ފޯނަށެވެ، އީމެއިލް އިން ނަމަ [email protected] އަށެވެ.

12 ޖަނަވަރީ 2022
ހޯދާ