ދިވެހިރާއްޖެ
ޤައުމީ ސްކައުޓް ފަންޑްގެ ބޯޑު މެމްބަރުކަމަށް ނޮމިނޭޓްކުރުމުގެ ފުރުޞަތު ހުޅުވައިލުން
މަޤާމުގެ ތަފްޞީލު
ސްކައުޓް ހަރަކާތް ތަރައްޤީކޮށް ކުރިއަރުވައި ސްކައުޓް ޚިދުމަތް ފުޅާކޮށް ދެމެހެއްޓެނިވި އަދި މިނިވަން ޙަރަކާތެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާނެ މާލީ ފޯރުންތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ސްކައުޓް ފަންޑްގެ ނަމުގައި އެސޯސިއޭޝަންގައި ފަންޑެއް އުފައްދަންވާނެކަމަށާއި މި ފަންޑުގެ ކަންކަން ބަލަހައްޓާނީ 7 މެމްބަރުންގެ ސްކައުޓް ފަންޑް ބޯޑުން ކަމަށް ދަ ސްކައުޓް އެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ. މި ވަގުތު މި ފަންޑު ބޯޑުގެ މެމްބަރުކަމަށް އިންތިޚާބު ކުރެވިފައިވަނީ 2 މެމްބަރުން ކަމަށްވާތީ، ބޯޑުގައި ހުސްކޮށް އޮތް 4 މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ނުވަތަ މިއިން މަޤާމަކަށް އެކަށީގެންވާ އެހެން ފަރާތެއް ނޮމިނޭޓްކުރުމަށް ބޭނުންވާނަމަ، 2022 ޖަނަވަރީ 18 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މައިގަނޑު މަސްއޫލިއްޔަތު
ސްކައުޓް ފަންޑް ބޯޑުގެ މަސައްކަތަކީ ރާއްޖޭގައި ސްކައުޓް ޙަރަކާތް ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެފައިސާ އިން އެސޯސިއޭޝަން ހިންގުމަށް ދޫކުރާ ފައިސާ ހެޔޮގޮތުގައި ހޭދަކުރެވޭތޯ ޔަޤީންކުރުމެވެ. މިގޮތުން ސްޕޮންސަރ ހޯދުމާއި، ހިލޭ އެހީ ހޯދުމާއި ވިޔަފާރި ކުރުމާއި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދުން ހިމެނެއެވެ.
މަޤާމަށް ކުރިމަތިލާ/ނޮމިނޭޓްކުރާ ފަރާތްތަކުގެ ކޮމްޕީޓެންސީ
- ސްކައުޓް ފަންޑްގެ އުޞޫލުތަކާ އެއްގޮތަށް ފަންޑުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި ފަންނީގޮތުން ލަފާދީ ޙަރަކާތްތެރިވެވޭނޭ މީހަކަށްވުން.
- ސްކައުޓް ޙަރަކާތް ތަރައްޤީކޮށް ކުރިއަރުވައި އަމިއްލަވަންތަކަމާއެކު ޙަރަކާތްތެރިވުމަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ ޙަރަކާތްތައް ހިންގުމުގެ ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ވިސްނުމާއި ފިކުރުހުރި އަދި އިސްނަގައިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
ފަންޑް ބޯޑަށް މީހުން އައްޔަންކުރުން
މި އިޢުލާނުގެ ސުންގަޑިއާ ހަމައަށް ބޯޑު މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ނޮމިނޭޓްކޮށްފައިވާ ފަރާތްތަކުގެ "ޤާބިލުކަން އަންގައިދޭ ސްޓޭޓްމަންޓް" ދިރާސާކުރުމަށްފަހު ޤައުމީ ސްކައުޓް ކައުންސިލްގެ ނޮމިނޭޝަންސް ކޮމިޓީގެ ރެކޮމެންޑޭޝަނާއެކު، ބޯޑު މެމްބަރުކަމަށް އައްޔަންކުރާނެ ފަރާތްތަކެއް ކަނޑައެޅުމަށް ހުށަހަޅާނީ ޤައުމީ ސްކައުޓް ކައުންސިލަށެވެ.
މަޤާމަށް ކުރިމަތިލާނެ ގޮތާއި ސުންގަޑި
މަޤާމަށް ކުރިމަތިލުމަށާއި ނޮމިނޭޓް ކުރުމުގެ ސުންގަޑިއަކީ 2022 ޖަނަވަރީ 18 ވަނަ ދުވަހުގެ 18:00 އެވެ.
މަޤާމަށް ކުރިމަތިލުމަށާއި ނޮމިނޭޓްކުރުމަށް ބޭނުންކުރާނީ ތިރީގައި މިވާ ގޫގްލް ފޯމެވެ.
https://forms.gle/STRoffNx2HwxDBqK7
އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.