ރޭންކް
|
އެމް.އެސް 3
|
މަސައްކަތްކުރަންޖެހޭތަން
|
ކްރިމިނަލް ކޯޓު
|
އަސާސީ މުސާރަ
|
-/7,035 ރުފިޔާ (ހަތްހާސް ތިރީސް ފަސް ރުފިޔާ)
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ)
- ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
3- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު،މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤާވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކްރިމިނަލް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ (ސޮފްޓްވެއަރ އާއި ހާޑްވެއަރ) މައްސަލަތައް ހައްލުކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރު ފަދަ ތަކެތި މަރާމާތުކުރުމާއި، އެތަކެތީގެ މަރާމާތާއި ބެހޭ މަޢުލޫމާތުތައް ބެލެހެއްޓުން.
- ނެޓްވޯކް ކޭބަލް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- ޑިޕާޓްމަންޓާއި މިކޯޓާއި ގުޅިގެން ހިންގޭ އައި.ޓީއާއި ގުޅޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، އާ މަޢުލޫތު މުވައްޒަފުންނާއި ޙިއްސާ ކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- ކޯޓަށް ބޭނުންވާ އައި.ޓީއާއި ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަންސް ތައްޔާރުކުރުން.
- ޑިޕާޓްމަންޓްގެ އައި.ޓީ މަސައްކަތްކުރަށްވާ ބޭފުޅުންނާ، ގުޅިގެން ކޯޓުގެ އައި.ޓީ މަސައްކަތްތައް ކުރިއެރުވުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- ކޯޓަށް އަލަށް ވަންނަ މުވައްޒަފުންނާއި، މިހާރު ކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއިއެކު އައި.ޓީގެ މަޢުލޫމާތުތައް ޙިއްސާ ކުރުމުގެ އެންމެހާ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
- މުވައްޒަފުން އައި.ޓީއަށް އަހުލުވެރިކުރުމަށްޓަކައި ހިންގިދާނެ ކޯސްތަކަކީ ކޮބާތޯބަލާ، އެފަދަ ކޯސްތައް ހިންގުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެކަޑަމީއާއި ގުޅިގެން އިދާރާގެ މަޝްވަރާއާއިއެކު އެމަސައްކަތް ކުރިއަށް ގެންދިއުން.
- ކޮމްޕިއުޓަރާއި ޕްރިންޓަރ އަދި އެނޫންވެސް، މުވައްޒަފުން އާއްމުކޮށް ބޭނުންކުރުމަށް ހަވާލުކުރެވިފައިވާ އައި.ޓީއާއި ގުޅޭ ސާމާނު ބޭނުންކުރަނީ އޭގެ އެންމެ ރަނގަޅު ގޮތުގައިތޯ ބަލާ މުވައްޒަފުންނަށް އެކަންކަމުގެ ލަފަޔާ މަޝްވަރާ ދިނުން.
- އައި.ޓީއާއި ގުޅޭ ގޮތުން ޙަވާލުކުރެވިފާއިވާ އެންމެހާ މަސައްކަތްތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް، އިދާރީ ސެކްޝަނަށް ހުށަހެޅުން.
|
ތަޢުލީމީ ދާއިރާ
|
ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ
|
މަސައްކަތާއި ގުޅޭ ތަޢުލީމީ ސެޓްފިކެޓް
|
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކް މެނޭޖްމަންޓް
- އައިޓީ ސެކިއުރިޓީ
- ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖީނިއަރިންގ
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ އާއިއެކު
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
- ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް
- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2022 ޖަނަވަރީ 23 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތައް، މަޤާމުގެ އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނާބެހޭ މަޢުލޫމާތު ޝޯޓްލިސްޓުވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|
- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
- އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
|