ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު(IUL)30-E/30/2021/239 : (08 ނޮވެންބަރު 2021)ގެ އިޢުލާނުން ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 5 (ފަހެއް) ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ "ޕްރީބިޑް މީޓިންގ" 18 ޖަނަވަރީ 2021ވާ "އަންގާރަ" ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު، ބީލަން ބައްލަވައިގަތުމަށް ދެއްވި އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ.