ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2022/5
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: އެސިސްޓެންޓް ލީގަލް ކައުންސެލް |
- މުސާރަ (މަހަކު) : -/11,400 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/3,800 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/3,800 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޕޮލިސީ އެންޑް ޕްލޭނިންގ |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަނުގެ އެކި ފަންކްޝަންތަކަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭންޖެހޭ ލީގަލް އެހީތެރިކަން ސިޕަވައިޒަރުގެ ލަފާގެ ދަށުން ފޯރުކޮށްދިނުން ށ. އެގްރީމެންޓް، އެމްއޯޔޫ، ޓެންދަރ ޑޮކިއުމަންޓްތައް އަދި އެކިއެކި ޕޮލިސީތައް ޑްރާފްޓްކޮށް، އެކުލަވާލުމާއި ގަވާއިދުން ރިވިއު ކުރުން އަދި އަދި ކޯޕަރޭޝަނުގެ އެފަދަ އެންމެހައި ލިޔެކިއުންތައް ހުރީ ޤާނޫނާ، ޤަވާއިދާ އަދި އުސޫލުތަކައި އެއްގޮތައްތޯ ޔަޤީން ކުރުން. ނ. ކޯޕަރޭޝަނަށް ބޭނުންވާ ޤާނޫނީލަފާ ތައްޔާރުކުރުން. ރ. ކޯޕަރޭޝަނުގެ ހިންގުމާއި ނިންމާ ނިންމުންތައް ޤާނޫނީ ގޮތުން ދިރާސާކޮށް ޤާނޫނީ ލަފާތައްޔާރުކުރުން ބ. ކޯޕަރޭޝަނުގެ ޤާނޫނީ މައްސަލަތައް ބަލައި، ލިޔެކިޔުންތައް ތައްޔާކުރުން. ޅ. ކޯޕަރޭޝަނުގެ ލީގަލް ލިޔެކިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުން ކ. ސެކްޝަނުގެ އަހަރީ ރިޕޯޓް އަދި މަހުން މަހަށް ނިންމަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން. އ. ލީގަލް ރިސާޗް ހެދުމާއި މައްސަލަ ތަކުގެ ރިޕޯޓް ތައްޔާރުކުރުން. ވ. ސެކްޝަނުގެ އެޑްމިނިސްޓްރޭޑިވް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. މ. ސެކްޝަނުގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި މަސައްކަތް ކުރުން ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 20 ޖެނުއަރީ 2022 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ. އ. ޕޮލިސް ރިޕޯޓް |
|
5. އިތުރު މަޢްލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |