މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު ޝާއިޢުކުރުން

ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު ޝާއިޢުކުރުން

 

ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، މިއޮތޯރިޓީގެ މެންޑޭޓުގެ ދަށުން، ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު އެކުލަވާލައި، ބަލަހައްޓާ، އަދާހަމަކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. މިގޮތުން 2021 ގެ ނިޔަލަށް އަދާހަމަކުރެވިފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު މިގެޒެޓުގައި ޝާޢިއުކުރީމެވެ.

އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރުގައި ނަންތައް ދިވެހިންނާއި އިނގިރޭސިން ލިޔުމުގައި ބޭނުންކޮށްފައިވާ 'ޓްރާންސްލިޓެރޭޝަން' އުސޫލު މި ގެޒެޓުގައި އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިގޮތުން ރަށްރަށުގެ ރަސްމީ ދަފްތަރު ގެޒެޓުކުރެވިފައިވާ ތާރީހުން ފެށިގެން އެންމެހާ ރަސްމީ ލިޔެކިޔުން ތަކުގައި ރަށަކާއިބެހޭގޮތުން މުޢާމަލާތް ކުރާއިރު، ރަށްތަކުގެ ރަސްމީ ދަފްތަރުގައިވާގޮތަށް ރަށުގެ ނަން ބޭނުންކުރުމަށާއި، ނަމާއި އެކު އެރަށަކަށް ދެވިފައިވާ 'ޔުނީކް ފީޗަރ ކޯޑު' ބޭނުންކުރުމަށް އެންމެހައި ފަރާތްތަކަށް ދަންނަވަމެވެ. އަދި މިދެންނެވުނު ދަފްތަރާއިބެހޭ އެންމެ ފަަހުގެ މައުލޫމާތު onemap.gov.mv އިން ލިބެންހުންނާނެކަމުގައި ދަންނަވަމެވެ. އަދި މި ދަފްތަރާއި ގުޅޭ މަޢުލޫމާތެއް ސާފްކުރެއްވުމަށް ނުވަތަ ހިއްސާކުރެއްވުމަށް ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަސްމީގަޑީގައި  7384892 އަށް ގުޅުއްވުން އެދެމެވެ.

12 ޖަނަވަރީ 2022
ހޯދާ