މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
“ އެންޓަޕްރައިޒް ރިސްކް އެސެސްމަންޓް ކޮންސަލްޓެންސީގެ ޙިދުމަތް ދޭނެފާރާތެއް ހޯދުމާއިބެހޭ

  މި ކުންފުންޏަށް އެންޓަޕްރައިޒް ރިސްކް އެސެސްމަންޓް ކޮންސަލްޓެންސީގެ ޙިދުމަތް ދޭނެފާރާތެއް ހޯދުމަށް ބޭނުންވެއެވެ. މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލްކުރެވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިގޮތުން ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތުތަކަކީ މި ބިޑްއަށް ރަޖިސްޓަރވާ ހުރިހާ ފަރާތްތަކާއި ހިއްސާކުރެވޭނެ މައުލޫމާތެވެ.

    ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް ރަޖިސްޓަރ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި   ރަޖިސްޓަރީވުން

 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި   ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ސަބްމިޝަން ފޯމް އީމެއިލްގެ   ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ   ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 25 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. އަދި ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި ބިޑްތައް ހުޅުވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ޓީއޯއާރްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

  

 

11 ޖަނަވަރީ 2022
ހޯދާ