ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއް ގަހުގެ ވެރިން ހޯދުމަށް
ރުއް ގަހުގެ ވެރިން ހޯދުމަށް
މި ރަށުގައި ހިނގަމުންދާ ފެނާއި، ނަރުދަމާގެ މަޝްރޫއުގެ ހޮޅިވަޅުލުމައް ބޭނުންވާ ބައެއް މަގުތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.
- ގޮނޑުގެ ދެކުނުންއޮތް މަގު
- ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތްމަގު
- ރަސްމީ ފުޓްބޯޅަ ދަނޑުގެ އިރުމަތީ މަގު
- ރަސްމީ ވޮލީ ކޯޓް އިރުމަތީ މަގު
- ވޮލީކޯޓް ދެކުނުމަގު، ހަސްތީ ކިޔާ ގޯއްޗާއި ހަމައަށް
- އާރު ކިޔާ ގޯތީގެ ދެކުނުމަގު، އޯކިޑްމާގެއާއި ހަމައަށް
- ފުޓްސަލްދަނޑުގެ އުތުރުން އޮތްމަގު، މީމްހާ ގެއާއި ހަމައަށް
- ހއ.ވަށަފަރު ޞިއްހީ މަރުކަޒުގެ ހުޅަނގުން އޮތްމަގު
- ކާނިގަސްދޮށުގެ އުތުރުން އޮތް މަގު، ކާނިގަސްދޮށުގެއިން ފެށިގެން ވާދީއާއި ހަމައަށް
- ސިސިލްފަރު އުތުރުން އޮތް މަގު، ސިސިލްފަރު ގެއިން ފެށިގެން ޖަމުއިއްޔާގޯތި ހުޅަނގުކޮޅާއި ހަމައަށް
- ޖަމުއިއްޔާ ގޮޓި ހުޅަނގުން އޮތްމަގު
- ޕްރިންސް ކިޔާ ގޯތީގެ ދެކުނައް އޮތް މަގު، ޕްރިންސް ގޯތިން ފެށިގެން ނޫވިލް ގެއާއި ހަމައަށް
- ފިނިރޯޅި ގެސްޓްހައުސް އުތުރުން އޮތްމަގު ސިޓީހޮޓާ އާއި ހަމައަށް
- މައުވާ ކިޔާގޯތީގެ އުތުރުން އޮތްމަގު ސިތީހޮޓާ އާއި ހަމައަށް
- ރިވާ ކިޔާގޯތީގެ އުތުރުން އޮތްމަގު ރިވާ ކިޔާގޯތިންފެށިގެން ވަވެލާކިޔާ ގޯއްޗާއި ހަމައަށް
- ފުލްމޫން އެސްކޭޕް ކިޔާގޯތީގެ އުތުރުން އޮތްމަގު، ފުލްމޫންއެސްކޭޕް އިން ފެށިގެން ކައުންސިލް އިދާރާއާއި ހަމައަށް
ވީމާ، މި ދަންނަވާ މަގުތަކުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއްވާނަމަ 2022 ޖަނަވަރީ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގެ ތަފްޞީލް އެނގޭނެ ލިއުމެއް މި ކައުންސިލައް ހުށަހެޅުން އެދެމެވެ.
11 ޖަނަވަރީ 2022
ހޯދާ