ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ޞަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ
މި އިދާރާގެ ނަންބަރު: (IUL)375/375/2021/39 ނަންބަރު އިޢްލާނަށް އެކަށީގެންވާ ޢަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢްލާނު ބާޠިލްކޮށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި 16 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޖެނުއަރީ 2022 ވާ އަންގާރަ 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތަކަށެވެ.
- ރަށުގެ މި ސަރަހައްދުތައް ބަހާލެވޭނީ 12 ބަޔަަށެވެ.
- ބައެއް ޙަވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/1600 (އެއް ހާސް ހަ ސަތޭކަ ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
- ޙަވާލުކުރާނެ ފަރާތްތައް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
- ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.
މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:
- ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
- ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
- ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ ފަރާތެއް ކަމުގައި ނުވުން.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
11 ޖަނަވަރީ 2022
ހޯދާ