މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިރިގާލޯންޗް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި އިއުލާނާއިއެކު ހިމެނިފައިވާ ޓީ.އޯ.އާރުގައި ހިމެނޭ، ކ.މަނިޔަފުށީގައި ދުއްވާ ހިރިގާ ލޯންޗްގެ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓުޓުގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް، ވަޑައިގެންދެއްވުން އެދެމެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7904897 ނަންބަރު ފޯނަށެވެ، އީމެއިލް އިން ނަމަ [email protected] އަށެވެ.

10 ޖަނަވަރީ 2022
ހޯދާ