ދިވެހިރާއްޖެ
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު: (iul)GS99/2022/003
ހެލްތު އޮފިސަރ
އިޢުލާން
މަޤާމް: |
ހެލްތު އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-273803 |
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޓްކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފިނޭސްކޫލް/ހދ.ފިނޭ،ދިވެހިރާއްޖެ |
|
މުސާރަ: |
-/5610 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
-/2500 |
|
އެހެނިހެން އެލަވަންސް: |
||
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. ސަޕޯޓިންގ ކޯރ އެލަވަންސް މަހަކު -/700 ރުފިޔާ |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު ޕޮލިސީއާއި، ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ އަދި ޕޮލިސީތަކަށް ރިޔާއަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ ''ހެލްތު ޕޮލިސީ '' ސްކޫލްގެ ވެރިންގެ ލަފަޔާ މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒުކުރުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑް ތަކެއްގެ ހެލްތް ސްކްރީނިންގ ސްކޫލްގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް/ސިއްޙީ މަރުކަޒު) ގުޅިގެން ނިންމާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް ސެކްޝަނަށް ރިޕޯޓް ފޮނުއްވުން.
- ސްކޫލަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްކޫލްގެ ވެރިންގެ ލަފަޔާ މަޝްވަރާގެ ހޯދައިގެން ކުރުމާއި، ބަރާބަރު ސްކޫލް އިންޑިކޭޓްސްގައި ހިމެނޭ 'ހެލްތް އެންޑް ސޭފްޓީ ޑައިމެންޝަން'' ގެ ބައިތައް ސްކޫލްގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާއި ގުޅިގެން ފުރިހަމަކުރުން.
- ސްކޫލްގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލްގެ ވެރިން އަދި މުވައްޒަފުންނާއި މަޝްވަރާކޮށްގެން އެކުލަވާލައި، އަހަރީ ޕްލޭން ސްކޫލްގެ މުވައްޒަފުންނާއި، ބެލެނިވެރިންނަށް ހިއްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިޔުކޭޝަނަލް ސްޕަރވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޜަން (އެސްކިޑް) އަށް ފޮނުވުން.
- ދަރިވަރުންގެ ސިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓް/ވެއިޓް) ބެލެހެއްޓުމާއި، ދަރިވަރުންނަށް ފަނީބޭސް/ވިޓަމިން އޭ ކްޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
- ސްކޫލްގެ ފަސްޓް އެއިޑް އިކްއިޕްމެންޓްސް އިންވެންޓްރީ އަދި ހެލްތް ރޫމްގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ހެލްތް ރޫމުން ދޭ ޚިދުމަތްތައް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތަޢުލީމް ޙާސިލު ކުރަމުންދާ '' ވަލްނަރަބަލް'' ދަރިވަރުންގެ ސިއްޙީ ޙާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކްލާސް ޓީޗަރާއި ސްކޫލްގެ ވެރިންނާއި ގުޅިގެން އެހީތެރިވެދީ، އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.
- ސްކޫލުން ބޭރުގައި، ސްކޫލުން ރާވާއިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ސިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތކަށް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ފަރުވާ (ފުރަތަމަ އެހީ) ދިނުމާއި، މިކަމާގުޅޭ އެންމެހައި ކަންތައްތަކުގެ ރިޕޯޓާއި ރިކޯޑް ބެލެހެއްޓުން.
- ސްކޫލްގެ ޓީޗަރުންނާއި ސްކޫލް މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ޓްރެއިނިންގ ދެވޭނެ އިންތިޒާމް ސްކޫލްގެ ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ހަމަޖެއްސުމާއި، ސްކޫލްގައި މަދިރި ފަނި އާލާވާނެ ތަންތަން ހުރިތޯބަލައި ޗެކުކުރުމާއި، ރަށުގައި ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަން ބަލައި ސްކޫލް ވެރިންނާއި ގުޅިގެން ފިޔަވަޅު އެޅުން
|
|
މަޤާމުގެ ޝަރުތު ތައް: |
- މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކޮމިއުނިޓީ ހެލްތް
- ނާސިންގ
- ޕްރައިމަރީ ހެލްތު ކެއަރ
- ޕަބްލިކް ހެލްތު މަޤާމުގެ މަސައްކަތުގެ ދާއިރާ: ހެލްތު ސަރވިސް |
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސް ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހާރާއި މަހާއި ދުވަސް) އެނގޭގޮތަށް، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގައި ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މިލުޔުމުގައި އަދާކޮށްފައިވާ މަޤާމަކި މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމެންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ '' ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމް''. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ފިނޭސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6520539 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖެނުއަރީ 2022 އާއި 20 ޖެނުއަރީ 2022 އާ ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާވެގެން ތިއްބެވުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓޭނެއެވެ.އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520539 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
7 ޖުމާދަލް އާޚިރާ 1443
10 ޖެނުއަރީ 2022