މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަނޑު (ކުރީގެ ބޯޓްޔާރޑް ރުއްގަނޑު) ކުއްޔަށް ދޫކުރުން.

ކުރީގެ ބޯޓުޔާޑު ރުއްގަނޑު މިހާރު އަލިފުށީ ރައްޔަތުންގެ ރުއްގަނޑު ވަރުވާއަށް ދޫކުރުން .

މަތީގައި ދެންނެވިފައިވާ ރުއްގަނޑު 3 އަހަރުދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ .

       ވީމާ، ބޯޓުޔާޑުރުއްގަނޑު ( މިހާރުއަލިފުށީ ރައްޔަތުންގެ ރުއްގަނޑު) ގެ ގޮތުގައި ހިމެނޭ 225 ރުއް 3 އަހަރުދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގަންބޭނުންވާ ފަރާތްތަކުން 17 ޖަނަވަރީ 2022 ވަނަދުވަހުގެ  11.00 ށް އަލިފުށީ ކައުންސިލުގެ އިދާރާއަށް ދުރުވެ  އަގުހުށައެޅުއްވުމަށް ދަންނަނަވަމެވެ. އަގުހުށައަޅުއްވާއިރު އަގުހުށައަޅުއްވާ  ފޯމާއި އެކު އަގުހުށައަޅުއްވާފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށައެޅުއްވުމަށް ދަންނަވަމެވެ  

* އިތުރުމަޢުލޫމާތު       

1 ރުއްގަނޑަށް އަގުހުށައަޅާފޯމް ލިބެންހުންނާނީ އަލިފުށީ ކައުންސިލު އިދާރާގެ ކައުންޓަރުން ނެވެ.

2 އަގުހުށައަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.

3 ރުއްގަނޑުގެ މޫނަމަތީ އަގުކަމުގައި ބަލާނީ  ( އެންމެދައްއަގު ) -/22500 ރ އެވެ. މިއަގަށްވުރެ ދައްކޮށް ހުށައަޅާފޯމް ބަލައެއްނުގަނެވޭނެއެވެ. 

4 ރުއްގަނޑު ވަރުވާއަށް ދޫކުރާނީ އެންމެ މަތީ އަގުކުށައެޅިފަރާތަކަށެވެ.( އެންމެމަތީ އަގުހުށައެޅިފަރާތުން އެވަޤުތު   ރުއްގަނޑު ނަގަން ބޭނުންފުޅު ނުވެއްޖެނަމަ އިތުރު އިޢުލާނަކާއި ނުލައި ދެވަނައަށް އެންމެ މަތީ އަގު ހުށައަޅާފައިވާ ފަރާތަށް ރުއްގަނޑު ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

5 އަގުގެ ގޮތުގައި ހުށައަޅާނީ 1 އަހަރުދުވަހުގެ ވަރުވާއަށް އަގެވެ .

6 އަގުހުށައަޅުއްވަން ވަޑައި ގަންނަވާއިރު އަގުހުށައަޅާފޯމް އޮންނަންވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ،

7 އަގުހުށައަޅާފޯމް ލިބެންހުންނާނީ 2022 ޖަނަވަރީ 11 ވަނަދުވަހުން ފެށިގެންނެވެ

       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 ޖަނަވަރީ 2022
ހޯދާ