އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ށ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދުން

ނަންބަރ: IUL-PROC-AS-2022-010


 

ށ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް 15 ޑިސެމްބަރު 2021 ގައި ކުރި އިޢުލާން ނަންބަރު  IUL-PROC-AS-2021-038 އާ ގުޅިގެން އެ ބީލަން ކުރިއަށް ގެންދެވޭ ވަރަށް ޝަރުޠު ހަމަވާ ބީލަން ލިބިފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖެނުއަރީ 2022 ގެ 16:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. 

 

ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.  

 

މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 24 ޖެނުއަރީ 2022  (ހޯމަ) ދުވަހުގެ 15:00 ގައި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހުގައެވެ. 

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

09 ޖެނުއަރީ 2022

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

09 ޖަނަވަރީ 2022
ހޯދާ