މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅެ ބަލަހައްޓާނެ ފެސިލިޓީއެއް ހަދައި އެތަން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2021/331އިޢުލާނާއި ގުޅޭ.

މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާ ތަނެއްގައި މާލެސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅެ ބަލަހައްޓާނެ ފެސިލިޓީއެއް އަމިއްލަ ތަކެތީގައި ހަދާ، އެތަން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު

 (IUL) 425-A2/1/2021/331 (26 ޑިސެމްބަރ 2021) އިޢުލާނަށް، ބިޑް ހުށަހެޅުމަށް ދެވިފައިވާ ތާރީޙް ފަސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއެއްގޮތަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

އަގު ހުށަހެޅުން

20 ޖެނުއަރީ 2022 (ބުރާސްފަތި)

11:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

 ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގެން ފަރާތްތަކަށެވެ.

  • އިތުރު މަޢުލޫމާތު: 

-   މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

09 ޖަނަވަރީ 2022
ހޯދާ