ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/2 |
ތާރީޚް |
05 ޖުމާދިލްއާޚިރާ 1443 |
|
09 ޖަނަވަރީ 2022 |
ނެރުބައްތި ޖެހުން
މިއިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް މިރަށު ނެރުގެ ދެފަރާތުގައި ދެނެރުބައްތި ޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި ނެރުބައްތި ޖެހުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކޮށް،އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
17/01/2022 |
ހޯމަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
20/01/2022 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް