މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ރީފަންޑް ދޭންޖެހޭ ހާލަތުގައި ރީފަންޑް ކުރާ ފައިސާ ޖަމާކުރާނެ އެކައުންޓެއް ރަޖިސްޓަރީ ކުރުމަށް ދެންނެވުން.

 

ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިތުރަށް ދައްކާ ފައިސާ ރީފަންޑްކުރުމުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތަކަށް ރީފަންޑް ދޭންޖެހޭ ހާލަތުގައި ރީފަންޑް ކުރާ ފައިސާ ޖަމާކުރާނެ އެކައުންޓެއް ކޮންމެ ޓެކްސް ދައްކާ ފަރާތަކުން ވެސް ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ.  މިގޮތުން ޓެކްސް ދައްކާ ފަރާތްތަކުން އެ ފަރާތަށް ރިފަންޑްކޮށްދޭ ފައިސާ ޖަމާކުރާނެ ބޭންކް އެކައުންޓް މި އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.

ރިފަންޑްކޮށްދޭ ފައިސާ ޖަމާކުރާ އެކައުންޓްގެ ގޮތުގައި ބޭންކް އެކައުންޓް ރަޖިސްޓަރީކުރާއިރު، އެކައުންޓްގެ ވެރިފަރާތުގެ ނަމާއި އެކައުންޓް ނަންބަރު އެނގޭ ފަދަ ބޭންކްގެ ލިޔުމެއް އަޕްލޯޑްކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި ރަޖިސްޓަރީ ކުރަން އެދޭ އެކައުންޓަކީ ޓެކްސް ދައްކާ ފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް ކަމުގައި ނުވާނަމަ، ރިފަންޑް ކުރުމުގެ ބޭނުމަށް ރަޖިސްޓަރީ ކުރާ އެކައުންޓެއްގެ ގޮތުގައި އެ އެކައުންޓް ރަޖިސްޓަރީ ކުރުމަށް ޓެކްސް ދައްކާ ފަރާތުން ހުއްދަ ދީފައިވާ ބޯޑް ރިޒޮލިއުޝަނެއް ނުވަތަ އެކަމަށް ޓެކްސް ދައްކާ ފަރާތުން ހުއްދަ ދޭކަމުގެ ލިޔުމެއް އަޕްލޯޑް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެކައުންޓް ރަޖިސްޓަރީކުރެވޭނީ ޓެކްސް ދައްކާ ފަރާތުގެ މީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓުންނެވެ.

 

05 ޖަނަވަރީ 2022
ހޯދާ