ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކުމަށް ރަޖިސްޓްރީވެފައިވާ ގެތަކުން ނެގޭ ކުނިވާޒާތުގެ ކުނި މޫދަށް އުކާލަދޭނެ ފަރާތެއް ހޯދުން

ކުނިއުކުމަށް ރަޖިސްޓްރީ ކޮށްފައިވާ ގޭގެއިން އުފެދޭ ކުނިވާޒާތުގެ ކުނި، ކައުންސިލުން އަންގާ ގޮތެއްގެމަތިން މޫދަށް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                      ވީމާ، މިކަމަށް ޝައުޤުވެރިވާ ކަނޑުއުޅަނދުގެ ވެރިފަރާތްތަކުން 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށްމިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަދި ހުށަހަޅުއްވާ އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިގޮތުން އަގު ހުށަހަޅާއިރު މަސައްކަތާއި އެކަށީގެންވާ އަގެއް ހުށަހެޅުމަށް ދަންނަވަމެވެ. އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. ކުނިވާޒާތުގެ ކުނި ކޮންމެ ދުވަހަކު މެންދުރު 12:00ގެ ކުރިން އުކާލަންޖެހޭކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި މަސައްކަތަށް މާކުސް ދިނުމުގައި ބަލާނީ އެއްމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

                 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ޖުމާދުލްއާޚިރު 1443

06  ޖަނަވަރީ 2022

06 ޖަނަވަރީ 2022
ހޯދާ