މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

`

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

      ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ޕްރޮކިއުމެންޓް ރިފަރަންސް: MV-MOE-270712-CS-INDV

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވޯލްޑް ބޭންކުން ދިނުމަށް ހަމަޖެހިފައިވާ ހިލޭ އެހީގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އައު ޕްރޮޖެކްޓު އެކުލަވާލުމުގެ މަސައްކަތް ކޮށްދިނުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މަޤާމްކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޤާމަށް ހޮވުން:  މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޮވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރާ އުސޫލް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  23  ޖަނަވަރީ 2022 ގެ މެންދުރު 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް ކޯޑިނޭޓަރ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341295

އީމެއިލް : [email protected] 

08 ޖަނަވަރީ 2022
ހޯދާ