މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގައި ނައިޓްމާކެޓް ބޭއްވުމާގުޅޭ

މާލެ ސިޓީ ކައުންސިލްގެ ނަންބަރު  (IUL)425-CB/1/2022/10  އިޢުލާނާއި އާއި ހަވާލާދީ ދަންނަވަމެވެ. ކޮވިޑްގެ ޙާލަތާއި ގުޅިގެން މާލެސިޓީގައި ނައިޓް މާރކެޓް ބޭއްވުން މެދުކަނޑާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ: 23-1/425/2022/2 (5 ޖަނަވަރީ 2022( ގެ ސިޓީއިން ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް އަންގަވާފައެވެ.

އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުޞޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ  އެފަރާތްތަކަށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު:23-L/425/2022/3 (6 ޖަނަވަރީ 2022) ސިޓީއިން ވަނީ މިކައުންސިލަށް އަންގާފައެވެ.

މިއާއިއެކު އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް މި ހުއްދަ ދިނުމަށް މިކައުންސިލުން ނިންމުމާއި ގުޅިގެން އަނެއްކާވެސް ނައިޓްމާކެޓް ކުރިއަށްގެންދަންފަށާފައި ވަނިކޮށް ރަސްފަންނުގައި ނައިޓް މާކެޓް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުގައި ވިޔަފާރި ކުރަމުންދަނީ ހުއްދަދެވިފައިވާ ގޮތަށް ފިހާރަތައް ހިންގަން އޮންނަ އުސޫލާ ޚިލާފަށް، ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރި އިންސްޕެކްޝަނުން ފާހަގަވާތީ ނައިޓް މާކެޓް ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މާލެ ސިޓީކައުންސިލަށް ވަނީ އަންގާފައެވެ. އެހެން ކަމުން މިހާރު މާލެ ސިޓީގައި ކުރިއަށްދާ ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް އަންގާ އިޢުލާން ކުރީމެވެ.

07 ޖަނަވަރީ 2022
ހޯދާ