ދިވެހިރާއްޖެ
އިޢުލާން
ޕޮލިސް އިމާރާތް އެޅުމަށް ދޫކޮއްފައިވާ ބިމުގައި އާއި ގެސްޓްހައުސް އެޅުމަށް ދޫކޮއްފައިވާ ބިންތަކަށް ކަރަންޓު ކޭބަލް އެޅުމަށް ހެދިފައިވާ މަގުގައާއި އަދި ދެކުނުކޮޅު ދަނޑުބިން އަދި ތޮށިމަތި ދަނޑުބިމުގެ ބައުންޑުރީގައި ހުރި ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ގޭބިސީތަކަށް ދަނޑުބިން ވަކިކޮއް ދަނޑު ވެރިކަން ކުރުމަށް ދަނޑުދޫޚުރުމަށް ކައުންސިލުން ފާހަގަ ކޮށްފައިވާ ދަނޑުބިމުގެ ވަށައިގެން ހެދިފައިވާ ބައުންޑަރީ '' މަގު '' ގައި ހުރި ( ފޯދުނު 45 ރުއް، ނުފޯދޭ 138 ރުއް، އަދި 31 ގަސް ފުނަ އާއި 16 ގަސް މިދިލި،އާއި 4 ގަސް ދުނބުރި އާއި 12 ގަސް ދިއްގާ ، އާއި 7 ގަސް މަދޮށި، އާއި 2 ގަސް ހިރުނދު،އާއި 8 އަލަ ކޯރު،އާއި 672 ގަސް ފަތްކެޔޮ، 3 ގަސް މާކަށިކެޔޮ ) އަދި ބޮޑުތަކުރުފާނު މަގުގައި ހުރި 1 ރުއް ވިއްކާލުމަށް މި އިދާރައިން ބޭނުންވެއެވެ. އަދި ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. އަދި ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ.
އަދި ރުއްގަސް ގަންނަފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހުއްދަތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.
ޕޮއިންޓް ދެވޭނެ އުސޫލް ތިރީގައިމިވަނީ.
ހުށައަޅާ އަގު |
70% |
މުއްދަތު |
30% |
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމަކުން ވަޑައިގެން ރަޖިސްޓުރީ ކުރެއްވުމަށްފަހު 12 ޖެނުއަރީ 2022 ވާ ބުދަ ދުވަހު 13:00 މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓުރީވުމާއި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖަނަވަރީ2022 އިން 10 ޖަނަވަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަން އަދި އޮންލައިންކޮށް ރަޖިސްޓުރީ ވުމަށް ބޭނުންވާ ފަރާތްތަކަށް https://bit.ly/Bid-Reg މިލިންކު މެދުވެރިކޮށް ރަޖިސްޓުރީކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އަގު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
04 ޖަނަވަރީ 2022