މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

އިޢުލާން

މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 

     މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން، އަދި މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާމުކޮށް ހުޅުވާލަމެވެ.

މަޤާމް :

އިމާމް / މުދިމް

ބޭނުންވާ ޢަދަދު :

02 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ނ.ޅޮހި މިސްކިތްތައް / ޅޮހި ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/61 ރުފިޔާ (އިމާމް)

މަސައްކަތް ކުރާ ގަޑިއަކަށް -/53 ރުފިޔާ (މުދިމް)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑީއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން

ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދުގެ، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން

5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.

6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިއުމެއް ނައްތާލުން.

7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.

8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން

10. ކަށުކަމާކެމީގެ ކަންތައް ކުރުން ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ޙާލަތެއްގައި)

11. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

މަޤާމް :

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު :

03 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތްތާއި   މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ނ.ޅޮހި މިސްކިތްތައް / ޅޮހި ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ (ކައުންސިލް އެސިސްޓެންޓް)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

މަޤާމުގެ މަސްޢޫލިއްޔަތު:

1-        ކޮންމެނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތައްގޮސް މިސްކިތާއި ވަޅުދޮށް،އިސްކުރުބަރި ފާޚާނާހުރިނަމަ ފާޚާނާސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށްނިމުމުން 15 މިނިޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން

2-        މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާއިބެހޭ ހުރިހާ ކަމެއްކުރުން (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން) އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން 

3-        ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ  ވިނަނޮޅާ ކުނި  އުކާލުމުގެ  މަސައްކަތް ކުރުން  އަދިމީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުން،  މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ  އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދު،ކުލަލާ  ހެދުން  މިފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން)

4-        އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި،ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން.       

5-        މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަށާއި،ރަށު ކައުންސިލް އިދާރާ އަށް  އަންގަމުން ގެންދިއުމާއި، ރަށުކައުންސިލް  އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

6-        ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން .              

7-        ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ޤަވާއިދުން ސޮއިކުރުން. 

 

                    ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ.

                    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ:6560032 ފޯނާ ގުޅުއްވުން އެދެމެވެ.

 

06 ޖަނަވަރީ 2022
ހޯދާ