އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހއ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދުން

 ނަންބަރ: IUL-PROC-AS-2022-008


 

ހއ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ދެވަނަ ފަހަރަށް ކުރެވުނު އިޢުލާން ނަންބަރު IUL-PROC-AS-2021-044 އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖެނުއަރީ 2022 ގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. 

 

ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.  

 

މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 20 ޖެނުއަރީ 2022  ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހުގައެވެ. 

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

05 ޖެނުއަރީ 2022

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418     

05 ޖަނަވަރީ 2022
ހޯދާ