ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2022/1
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ސީނިއަރ އޮފިސަރ / ޓެލެންޓް މެނޭޖްމަންޓް |
- މުސާރަ (މަހަކު) : -/8,160 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,720 ރުފިޔާ މަހަކު - އިލީ އެލަވަންސް: -/2,720 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ހިއުމަން ރިސޯސް އެންޑް އެޑްމިން ސެކްޝަން |
ބޭނުންވާ އަދަދު: 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަނުގެ އެޗް.އާރް އެންޑް އެޑްމިން ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން. ށ. މިކޯޕަރޭޝަނުގެ ހިއުމަން ރިސޯސް ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުމާއި، ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސުޕަވައިޒަރަށް އެހީތެރިވުން. ނ. ކޯޕަރޭޝަނުގެ ވަޒީފާއަށް މީހުން ނެގުމާއި، ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން. ރ. ކޯޕަރޭޝަނުގެ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. ބ. ކަނޑައެޅިފައިވާ މުއްދަތަށް މުވައްޒަފުންނަށް މުސާރަ ދިނުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން ޅ. މުވައްޒަފުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. ކ. މުވައްޒަފުންގެ ރަސްމީ ދަތުރުތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް މުވައްޒަފުންނަށް ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން. އ. މުވައްޒަފުންގެ ޕާފޯމަންސް އެޕްރެއިޒަލް ހެދުމަށް ޑިޕާޓްމަންޓްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ކަނޑައެޚިފައިވާ މުއްދަތަށް ޕާފޯމަންސް އެޕްރެއިޒަލް ނިންމާތޯ ޗެކްކޮށް، ފޮލޯއަޕް ހެދުން. ވ.މުވައްޒަފުންގެ ޕްރޮމޯޝަން/އިންކްރިމެންޓާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. މ. އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް އޮރިއެންޓޭޝަން ސެޝަންތައް ނެގުމާއި ޑިޕާޓްމަންޓްތަކުގެ އޮރިއެންޓޭޝަން ސެޝަންތައް ތާވަލުކޮށް، ކުރިއަށް ގެންދިއުން. ފ. ވަޒީފާއާ ގުޅިގެން ތައްޔާރުކުރަންޖެހޭ މުވައްޒަފުންގެ ޗިޓްތަކާއި، ކޮންޓްރެކްޓްތައް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން. ދ. ވަޒީފާއާ ގުޅޭގޮތުން މުވައްޒަފުންނަށް ފޮނުވަންޖެހޭ ލިޔުންތައް، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް މުވައްޒަފުންނަށް ފޮނުވުން. ތ. ރެފަރެންސް ލެޓަރއަށް އެދޭ މުވައްޒަފުންގެ ރެފަރެންސް ލެޓަރތައް ތައްޔާރުކުރުން. ލ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 13 ޖެނުއަރީ 2022 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ. އ. ޕޮލިސް ރިޕޯޓް |
|
5. އިތުރު މަޢްލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |