މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ތަމްރީނުތައް ބޭއްވުމާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީނުތަކެއް 2022 ޖަނަވަރީ 15 އިން 22 އަށް ތ. އަތޮޅު އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގައި  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ޖަނަވަރީ 2022
ހޯދާ