ދިވެހިރާއްޖެ
ރ.މަޑުއްވަރީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު
| 
 1.  | 
 ތަޢާރަފާއި ނަން  | 
 (ހ)  | 
 މިއުޞޫލަކީ ރ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން ނަގާ ސިވިލް ސަރވިސްގައި ނުހިމެނޭ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، އެމުވައްޒަފުން ގެންގުޅުމާއި، އެމުވައްޒަފުންނާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.  | 
| 
 (ށ)  | 
 މި އުޞޫލަށް ކިޔާނީ "ރ.މަޑުއްވަރީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު" އެވެ.  | 
||
| 
 2.  | 
 މަޤްޞަދު  | 
 
  | 
 މިއުޞޫލުގެ މަޤްޞަދަކީ ކައުންސިލުން ރާވާ ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެންނާއި، ރަށުގެ ތަރައްޤީގެ ޕްލޭންގައި ޙާޞިލުކުރަން ކަނޑައަޅާފައިވާ ކަންކަން ޙާޞިލުކުރުމަށް ބޭނުންވާ މުވައްޒަފުން، ކޮންޓްރެކްޓް އުޞޫލުން ގެންގުޅުމާއި މުވައްޒަފުން ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، މުވައްޒަފުންނާއި ގުޅުންހުރި އެނޫންވެސް ކަންކަން ހަރުދަނާ އުޞޫލެއްގެ ތެރެއިން އިންތިޒާމްކުރެވޭނެ ގޮތްތަކެއް ރޭވުމާއި، ވަޒީފާއާއި ބެހޭ ޤާނޫނުގައި ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އިދާރީ ގޮތުން ޢަމަލުކުރާނެ ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމެވެ.  | 
| 
 3.  | 
 ޢަމަލުކުރަން ފަށާ ތާރީޚް  | 
 
  | 
 
 މިއުޞޫލަށް ޢަމަލުކުރަން ފަށާނީ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.  | 
| 
 4.  | 
 އުޞޫލު ތަންފީޒްކުރެވޭ ދާއިރާ  | 
 
  | 
 މި އުޞޫލު ހިންގާނީ ރ.މަޑުއްވަރީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ މައްޗަށެވެ. މި އުޞޫލުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ކައުންސިލްގެ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކައުންސިލް އިދާރާއިން ޢަމަލު ކުރަން ވާނެއެވެ. އަދި މިއުޞޫލަށް ގެނެވެމުންދާ ބަދަލުތަކަށްވެސް، އެ ބަދަލެއް ގެނެވުމުން، އެ ބަދަލަކާ އެއްގޮތަށް ކައުންސިލްގެ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކައުންސިލް އިދާރާއިން ޢަމަލު ކުރަން ވާނެއެވެ.  | 
| 
 5.  | 
 ކޯޑް އޮފް ކޮންޑަކްޓް  | 
 
  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ޢަމަލުކުރަންވާނީ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން، ދިވެހި ސަރވިސް ޤަވާއިދުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުނުވާނެ ފަދައިންނެވެ. އަދި ސިވިލް ސަރވިސް ޤަވާއިދަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ ޤަވާއިދުގެ މާއްދާތަކަށެވެ.  | 
| 
 6.  | 
 ސެކްރެޓަރީ ޖެނެރަލް  | 
 
  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ އެންމެ އިސް މުވައްޒަފަކީ، ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.  | 
| 
 7.  | 
 އިދާރީ އޮނިގަނޑު  | 
 
  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން، އެމުވައްޒަފުން ނިސްބަތްވާ ސެކްޝަން ނުވަތަ ޔުނިޓް އެނގޭނެ ގޮތަށް، އިދާރީ އޮނިގަނޑެއް އެކުލަވާލަންވާނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއްކޮށް މަސައްކަތްކުރާ މަޤާމެއްނަމަ، ނުވަތަ ސިވިލް ސަރވިސް މުވައްޒަފަކު ސުޕަވައިޒްކުރާ މަޤާމެއްނަމަ، ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންކަން އެނގޭ ގޮތަށް ފާހަގަކުރުމަށްފަހު، ހަމައެކަނި ކައުންސިލްގެ ބޭނުމަށް، ސިވިލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގެ ތެރޭގައި އެމަޤާމެއް ހިމަނަންވާނެއެވެ.  | 
| 
 8.  | 
 މަޤާމް އުފެއްދުން  | 
 (ހ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތައް އުފައްދާނީ ކައުންސިލްގެ ޢާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ. އެގޮތުން މަޤާމް އުފައްދާއިރު، މިއުޞޫލުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ކްލެސިފިކޭޝަން އާއި ރޭންކް އަދި މުސާރައާއި ޝަރުތުތަކަށް ރިޢާޔަތްކުރަންވާނެއެވެ.  | 
| 
 
  | 
 (ށ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މަޤާމެއް އުފެއްދުމަށް ކައުންސިލްގެ ޢާންމު ޖަލްސާއިން ނިންމާ ނިންމުންތަކުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. 
  | 
|
| 
 9.  | 
 ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކަށް މީހުން ހޯދުމާއި، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ.  | 
| 
 
  | 
 (ށ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކަށްމީހުން ހޯދުމާއި، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމުގައި ޢަމަލު ކުރާނީ، މިއުޞޫލުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.  | 
|
| 
 10.  | 
 ވަޒީފާއަށް ޢައްޔަން ކުރުމުގެ އަސާސީ އުޞޫލުތައް  | 
 (ހ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މަޤާމަކަށް އެއްވެސް މީހަކު ހޯދަންވާނީ ނުވަތަ ޢައްޔަން ކުރަން ވާނީ، ނުފޫޒާއި ތަޢައްޞުބުން އެއްކިބާވެ، ވަކިން ޚާއްޞަކޮށް، ސިޔާސީ ނުފޫޒުން އެކަހެރި ވެފައިވާ ގޮތެއްގައި، މެރިޓަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ. ހަމަ އެހެންމެ، މަޤާމެއް އުފައްދަން ވާނީ، ނުވަތަ މަޤާމެއް އުވާލަން ވާނީ، ނުވަތަ މަޤާމަކުން މުވައްޒަފެއް ވަކި ކުރަން ވާނީ ވެސް ނުފޫޒާއި ތަޢައްޞަބުން އެއްކިބާވެ، ވަކިން ޚާއްޞަކޮށް، ސިޔާސީ ނުފޫޒުން އެކަހެރިވެ، މި އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 އަސާސީ މިންގަނޑަކީ، ”މެރިޓް” ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ބެލެވޭނީ، އެ މުވައްޒަފެއް ޢައްޔަން ކުރެވިފައި ވަނީ، ތިރީގައިވާ ގޮތަށް ކަމަށް ވާނަމައެވެ. 
  | 
| 
 11.  | 
 ވަޒީފާ ބަޔާން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކޮންމެ މަޤާމަކަށް ވަޒީފާ ބަޔާނެއް އޮންނަން ވާނެއެވެ. އެ ވަޒީފާ ބަޔާނަކީ އެ މަޤާމެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިއްމާތައް ބަޔާން ކުރާ ބަޔާނެކެވެ. އެ ބަޔާނުގައި ބަޔާން ކުރެވިފައި ނެތަސް އެ މީހެއް ވަޒީފާއާ ގުޅޭ ގޮތުން، ނުވަތަ ޚާއްޞަ ހާލަތެއްގައި މި އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެމީހެއްގެ ޤާބިލުކަން ތަންދޭ ކަމެއް، ވަގުތީ ގޮތުން ކުރުމަށް، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރު ހަވާލުކޮށްފިނަމަ، އެކަމެއް ވީ އެންމެ ރަނގަޅަކަށް ކުރުމަކީ، އަދި އެފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަކީ އެމުވައްޒަފަކަށް ވާޖިބުކަމެކެވެ. މުވައްޒަފާ ވަޒީފާ ހަވާލު ކުރާއިރު، ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް، އެމުވައްޒަފެއްގެ ވަޒީފާ ބަޔާން، އޮޅުން ފިލުވައިދީ، ވަޒީފާ ދިންކަން އަންގާ ދުވަހު އޭނާ ލައްވައި ވަޒީފާ ބަޔާނުގައި ސޮއި ކުރުވަން ވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 މުވައްޒަފެއްގެ މަޤާމުގެ މަސައްކަތަށް ބަދަލެއް ގެނެސްފިނަމަ ނުވަތަ ބަދަލެއް އަތުވެއްޖެނަމަ އެއައި ބަދަލަކާ ގުޅޭ ގޮތުން އެ މުވައްޒަފުގެ ވަޒީފާ ބަޔާނަށް ބަދަލު ގެންނަން ވާނެއެވެ.  | 
| 
 12.  | 
 ވަޒީފާ ދިނުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކަށް މީހުން ޢައްޔަން ކުރާނީ، ކައުންސިލުންނެވެ.  | 
| 
 
  | 
 (ށ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މަޤާމަކަށް މީހަކު ލައްވަން ބޭނުން ވެއްޖެނަމަ، ކަނޑައެޅިފައިވާ އުޞޫލުތަކާއި މިންގަނޑުތަކުގެ މަތީން، އެ މަޤާމަކަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށްފަހު، އެކަން މުވައްޒަފަށް އަންގާނީ، ކައުންސިލުން ތައްޔާރުކުރާ ވަޒީފާ ދިންކަމުގެ ޗިޓަކުންނެވެ.  | 
|
| 
 13.  | 
 ވަޒީފާއަށް ޢައްޔަން ކުރުމުގެ ޝަރުޠުތައް  | 
 (ހ)  | 
 ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއަށް ޢައްޔަނު ކުރެވޭނީ، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވުމާއެކު، އެ މަޤާމެއްގެ ޝަރުޠު ހަމަވާ މީހުންނެވެ. 
  | 
| 
 
  | 
 
  | 
 (ށ)  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކުގެ ކްލެސިފިކޭޝަން އާއި ރޭންކް އަދި މުސާރައާއި ޝަރުތުތައް މިއުޞޫލުގެ ޖަދުވަލު 1 ގައި ބަޔާންވެގެންވެއެވެ.  | 
| 
 14.  | 
 މީލާދީގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް ވަޒީފާ ދިނުން  | 
 (ހ)  | 
 މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް ވަޒީފާ ދިނުމުގައި ޢަމަލު ކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ. 18 އަހަރު ނުފުރޭ ކުއްޖަކު ކަމުގައި ބަލާނީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތީންނެވެ. އަދި މިމާއްދާގެ ދަށުން ވަޒީފާ ދިނުމަށް ކުޑަކުއްޖެއް ކަމުގައި ބަލާ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 18 އަހަރު ނުފުރޭ ކުއްޖަކަށް ވަޒީފާ ދޭންވާނީ، އެކުއްޖާގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ ހުއްދަ، ލިޔުމަކުން ލިބުމަށްފަހު ގައެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 ވަޒީފާދޭ ފަރާތުން ކުއްޖާގެ ޞިއްޙަތަށް ނުވަތަ ތަޢުލީމަށް ނުވަތަ އަޚްލާޤަށް ބުރޫ އަރާފަދަ މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 18 އަހަރު ނުފުރޭ ކުއްޖަކު ލައްވައި މަސައްކަތް ކުރުވުމުގައިވެސް އެ މަޤާމަކަށް ކަނޑައެޅިފައިވާ އުޖޫރައެއް ދޭން ވާނެއެވެ.  | 
| 
 15.  | 
 ވަޒީފާގެ އެއްބަސްވުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކަށް ވަޒީފާ ދެވޭ ހިނދު، ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެ މުވައްޒަފެއް ލައްވައި ސޮއި ކުރުވަން ވާނެއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ސޮއި ނުކުރުވައި އެއްވެސް މުވައްޒަފަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 މިމާއްދާގައި ބަޔާންކުރާ ވަޒީފާގެ އެއްބަސްވުމުގައި، ވަޒީފާއަށް ނެގި މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި މިއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން މުއްދަތަށް ބަދަލު ނުގެންނަނަމަ، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު ވާންޖެހޭނީ އެވަޒީފާއަށް ކުރިމަތިލުމަށް ކުރި އިޢުލާނުގައި ބަޔާންކުރި މުއްދަތަށެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 ކޮންޓްރެކްޓް މުވައްޒަފުންނާއި ކައުންސިލާއި ދެމެދު ސޮއި ކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރާނީ، ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލާއި އެވަގުތު ޙަވާލުވެ ހުންނަ މެންބަރެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 ވަޒީފާގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފުގެ ރެކޯޑްފައިލަށް ލާން ވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް އެމުވައްޒަފަށް ދޭން ވާނެއެވެ.  | 
| 
 16.  | 
 ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު  | 
 (ހ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާގައި ގެންގުޅޭނެ މުއްދަތު ކަނޑައަޅާނީ މިއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ކައުންސިލުންނެވެ. އަދި ހަމަ އެފަދައިން ކައުންސިލްގެ ޢާންމު ޖަލްސާއަކުން ނިންމާ ނިންމުމަކުން މިމުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 މިމާއްދާގެ ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނީ، ހިނގަމުންދާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެމުވައްޒަފު ވަޒީފާއިން ވަކިވާނެއެވެ.  | 
| 
 17.  | 
 މަޤާމުތަކަށް މީހުން ހޯދުން  | 
 
  | 
 މިއުޞޫލުގެ ދަށުން ނެގޭ، ކައުންސިލްގެ ކޮންޓްރެކްޓް މަޤާމުތަކަށް މީހުން ހޯދައި، އެ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނީ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން، ސިވިލް ސަރވިސް ކޮމިޝަނުން ޢާންމު ކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" މިފޮތުގައި ވާ މިންގަނޑުތަކަށް ބަލައިގެން، ކައުންސިލުން އެކުލަވާލާފައިވާ މިއުޞޫލާއި ޚިލާފުނުވާ ގޮތަށެވެ. އަދި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި އުޞޫލުތަކަށެވެ.  | 
| 
 18.  | 
 މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މަޤާމްތަކަށް މުވައްޒަފުން ނަގާނީ، މިއުޞޫލު ފާސްކުރުމުގެ ކުރިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުންނެވެ. އަލަށް މުވައްޒަފަކު ނަގާނަމަ، މުވައްޒަފު ނެގުމުގެ މަސައްކަތް ފަށަންވާނީ، ކައުންސިލުން ފާސްކޮށްފައިވާ އުޞޫލަކުން ނުވަތަ ކައުންސިލްގެ ޢާންމު ޖަލްސާއަކުން ނިންމާ ނިންމުމަކަށްފަހުއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 މުވައްޒަފުން ހޯދުމަށް ކުރެވޭ އެންމެހައި ކަންކަމުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ކައުންސިލުން ބަލަހައްޓަން ވާނެއެވެ.  | 
| 
 19.  | 
 ވަޒީފާއަށް ކުރިމަތިލުން  | 
 
  | 
 ވަޒީފާއަށް އެދި ހުށަހަޅާނީ، ކައުންސިލް އިދާރާއިން ކަނޑައަޅާ، މިއުޞޫލުގެ ޖަދުވަލު 2 ގައި ހިމަނާފައިވާ "ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު" އިންނެވެ. އަދި ކައުންސިލްގެ ވަޒީފާއެއްގައި ހުރި މުވައްޒަފަކު ކައުންސިލްގެ އެހެން މަޤާމަކަށް ކުރިމަތިލިޔަސް މި ފޯމު ފުރައިފައި ހުށަހަޅަންވާނެއެވެ.  | 
| 
 20.  | 
 އެކްރެޑިޓް ކުރުން  | 
 
  | 
 މިއުޞޫލުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލްގެ ބޭނުންތަކަށް ހުށަހަޅަންޖެހޭ ސެޓުފިކެޓުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހައިފައިވާ ލިޔުމެވެ. އަދި ކައުންސިލްގެ ބޭނުންތަކަށް ހުށަހަޅަންޖެހޭ ސެޓުފިކެޓުތަކާއި އެނޫންވެސް މިފަދަ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުން ލާޒިމެއް ނޫނެވެ.  | 
| 
 21.  | 
 މަޤާމުތަކަށް މީހުން ހޮވުން  | 
 
  | 
 ވަޒީފާއަށް އެދި ހުށައަޅާ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި، ވަޒީފާއަށް އެދޭ ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން، ސަނަދެއް ނުވަތަ ފެންވަރު ހުރިކަމުގެ ލިޔުމެއް ނުވަތަ އެނޫންވެސް ލިޔުމެއް ބޭނުންވާ މަޤާމެއްނަމަ، އެސަނަދެއް އޮތްކަން ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ. ނުވަތަ އެ ލިޔުމެއްގެ އަސްލުތޯ ބަލައި ކަށަވަރު ކުރަންވާނެއެވެ.  | 
| 
 22.  | 
 އިންޓަރވިއު ޕެނަލް އެކުލަވައިލުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ޕެނަލް އެކުލަވައިލަންވާނީ، ކައުންސިލްގެ ލަފާގެ މަތިން ސެކްރެޓަރީ ޖެނެރަލްއެވެ. މިފަދައިން އެކުލަވާލެވޭ އިންޓަވިއު ޕެނަލްގައި ކައުންސިލް މެންބަރުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އިދާރީ މުވައްޒަފުންގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ، މަދުވެގެން 1 މުވައްޒަފަކު ޕެނަލްގައި ހިމަނަންވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 އިންޓަރވިއު ކުރެވޭ ފަރާތާއި އާއިލީގޮތުން ގުޅުންހުރި (މަންމަ، ބައްޕަ، ދަރި، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ، އެއްބަނޑު، އެއްބަފާ) ފަރާތެއް އިންޓަރވިއު ޕެނަލްގައި ހިމަނައިގެން ނުވާނެއެވެ.  | 
| 
 23.  | 
 ވަޒީފާއަށް އެންމެ ޤާބިލު މީހާ ހޮވުން  | 
 (ހ)  | 
 ވަޒީފާއަށް އެންމެ ޤާބިލު މީހާ ހޮވުމުގައި ބަލާނީ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން، ސިވިލް ސަރވިސް ކޮމިޝަނުން ޢާންމު ކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" މިފޮތުގައި ވާ މިންގަނޑުތަކަށް ބަލައިގެން، ކައުންސިލުން އެކުލަވާލާފައިވާ މިއުޞޫލާއި ޚިލާފުނުވާ ގޮތަށެވެ. އަދި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި އުޞޫލުތަކަށެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެވަޒީފާއަށް ނުހޮވޭ މީހުންނަށް ނުހޮވޭކަން ސަބަބާއެކު، ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ.  | 
| 
 24.  | 
 ވަޒީފާއިން ވަކިވުމާއި، ވަކި ކުރުން  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފަކަށް ވަޒީފާއިން ވަކިވެވޭނީ، ނުވަތަ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވޭނީ މިއުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފެއް ވަޒީފާއިން ވަކިކުރެވޭނީ ކައުންސިލަށެވެ. ނުވަތަ ކައުންސިލުން އެކަން ކުރުމަށް ހަވާލު ކުރާ ފަރާތަކަށެވެ. މިއުޞޫލުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ، ނުވަތަ ވަކިކުރާނަމަ، ވަޒީފާއިން ވަކިވިކަން ނުވަތަ ވަކިކުރިކަން ލިޔުމަކުން ނުވަތަ އެކަމަށް ކަނޑައެޅޭ ޗިޓަކުން މުވައްޒަފަށް އަންގަންވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ޚިދުމަތުގެ އިޤުރާރެއް (ބޮންޑެއް) ނެތް ކޮންމެ މުވައްޒަފަކަށްވެސް ތިރީގައި މިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިވެވި ދާނެއެވެ. 
  | 
| 
 
  | 
 
  | 
 (ނ)  | 
 ކައުންސިލާއި މުވައްޒަފާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިނުވާނަމަ، ނުވަތަ އައު އެއްބަސްވުމެއްގައި ސޮއި ނުކުރާނަމަ، އެމުވައްޒަފު ވަޒީފާއިން ވަކިވާނެއެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 މުވައްޒަފެއް ނިޔާވުމުން، އެހިނދުން، އެ މުވައްޒަފެއްގެ ކައުންސިލްގެ ވަޒީފާ ނިމުމަކަށް އައީއެވެ.  | 
| 
 
  | 
 
  | 
 (ބ)  | 
 ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފެއް ކައުންސިލްގެ ވަޒީފާއިން ވަކި ކުރެވޭނެއެވެ. 
  | 
| 
 25.  | 
 ވަޒީފާއިން ވަކި ކުރުމުގެ ކުރިން ނޯޓިސް ދިނުން  | 
 (ހ)  | 
 ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމުގެ ކުރިން، މި އުޞޫލުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އަންނަނިވި ގޮތުގެ މަތީން ނޯޓިސް، ނުވަތަ އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރަ އާއި މަޤާމާ ގުޅުވައިގެން ދެވޭ ހުރިހައި ޢިނާޔަތެއް ދޭން ވާނެއެވެ. 
  | 
| 
 
  | 
 
  | 
 (ށ)  | 
 މިއުޞޫލުގެ ދަށުން ލިބިދޭ ޗުއްޓީއެއް މުވައްޒަފު ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައި، އެ ޗުއްޓީއެއްގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 މިމާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.  | 
| 
 26.  | 
 ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުން  | 
 
  | 
 ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ކައުންސިލުން އެމުވައްޒަފެއް ވަޒީފާއިން ވަކިކުރެވި ދާނެއެވެ.  | 
| 
 27.  | 
 ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކި ކުރުން  | 
 
  | 
 މިއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތީން މުވައްޒަފުގެ މަސައްކަތުގެ އަޚްލާގު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކައުންސިލަށް ނުފެންނަނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ.  | 
| 
 28.  | 
 މުސާރަ  | 
 (ހ)  | 
 މިއުޞޫލުގެ ދަށުން ނެގޭ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރައާއި އެލެވެންސް، މިއުޞޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ. ކައުންސިލްގެ ކޮންޓްރެކްޓް ވަޒީފާތަކުގެ މުސާރަ ކަނޑައެޅުމާއި އެ މުސާރައަށް ބަދަލު ގެނައުމަކީ ކައުންސިލަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންނަށް މުސާރަ ދޭނީ މަހަކު އެއްފަހަރުއެވެ.  | 
| 
 29.  | 
 މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު  | 
 
  | 
 މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރައިގެ އަދަދު ބަލާނީ މުވައްޒަފުގެ މުސާރަ 30 ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ އެއިރެއްގައި ސަރުކާރުން ކަނޑައަޅައިފައިވާ ރަސްމީ މަސައްކަތު ގަޑިން ގެއްލައިގެންނެވެ. އަދި މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު 60 ން ގެއްލައިގެންނެވެ.  | 
| 
 30.  | 
 މުވައްޒަފުގެ މުސާރަ ކަނޑައެޅުން  | 
 (ހ)  | 
 ކައުންސިލްގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދޭއިރު އެމުވައްޒަފެއްގެ މުސާރަ ކައުންސިލުން އޮންނަންވާނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައެޅޭ މުސާރަ ވާންވާނީ އެ މުވައްޒަފެއް ޢައްޔަން ކުރެވޭ ވަޒީފާ ހިމެނޭ ވަޒީފާގެ ފަންތިއަށް ކައުންސިލުން ކަނޑައަޅައިފައިވާ މުސާރައަކަށެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ކޮންމެ މުވައްޒަފަކަށް، ވަޒީފާ ދިންކަން އަންގާ ޗިޓުގައި، އެ މުވައްޒަފެއްގެ މުސާރަ ބަޔާން ކުރަން ވާނެއެވެ.  | 
| 
 31.  | 
 މުސާރަ ދޭ ތާރީޚް  | 
 (ހ)  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންނަށް މުސާރަ ދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެ ދުވަހުން ކުރެ ދުވަހަކުއެވެ. މުސާރަ ދޭން ޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާ ވާނަމަ، މުސާރަ ދޭނީ އެމަހެއްގެ ބަންދުނޫން އެންމެ ފަހު ދެދުވަހުންކުރެ ދުވަހަކުއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ވަޒީފާއިން ވަކިވާ މީހުންނަށް މުސާރަދޭނީ ކައުންސިލުން ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރި ތާރީޚާ ހަމައަށެވެ. އެއްވެސް ސަބަބަކާހުރެ ޗިޓުގައި ވާ ވަކިކުރި ތާރީޚުގައި ޗިޓް ރައްދު ނުކުރެވުމުގެ ސަބަބުން މުވައްޒަފު އޮފީހަށް ނުކުމެ ވަޒީފާ އަދާ ކޮށްފައި ވާނަމަ، އެންމެ ފަހުން ނުކުމެ ސޮއި ކުރި ތާރީޚާ ހަމައަށް އެ މީހަކަށް މުސާރަ ދޭން ވާނެއެވެ.  | 
| 
 32.  | 
 މުވައްޒަފާ މުސާރަ ހަވާލު ކުރުން  | 
 
  | 
 މުވައްޒަފަކަށް ލިބޭ މުސާރަ ދޭން ވާނީ އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ. މި ގޮތުން އެ މުވައްޒަފެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް މުސާރަ ޖަމާ ކުރުމަކީ މުވައްޒަފުގެ އަތަށް މުސާރަ ހަވާލު ކުރުން ކަމުގައި ބެލެވޭނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭއިރު، އެ މުސާރައާ އެކު ތިރީގައި މިވާ މަޢުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަކުން، އެ މުވައްޒަފަކަށް ދޭން ވާނެއެވެ. 
  | 
| 
 33.  | 
 މުސާރައިން އުނި ކުރުން  | 
 
  | 
 މުވައްޒަފު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާ ކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރަ އިން ނުވަތަ ސަރވިސް އެލަވަންސުން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ. 
  | 
| 
 34.  | 
 މާއްދީ ގެއްލުމަށް މުސާރައިން ބަދަލު ނެގުން  | 
 
  | 
 އޮފީހުގެ މުދަލަކަށް ނުވަތަ މަސައްކަތުގެ ބާވަތުން މުވައްޒަފަކާ ހަވާލު ކުރެވިފައިވާ މުދަލަކަށް މުވައްޒަފު ގަސްތުގައި ކުރާ ނުވަތަ އިހުމާލުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، އޮފީހަށް ނުވަތަ އޮފީހުގެ މުދަލަށް ލިބުނު ގެއްލުމަށް ބަދަލު ނެގުމުގެ ގޮތުން، އެ ގެއްލުން އަގުކޮށް، އެ ގެއްލުމަށް ޖެހޭ އަގު މުވައްޒަފުގެ މުސާރައިން ކެނޑުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.  | 
| 
 35.  | 
 އިތުރުގަޑީގެ ފައިސާ  | 
 
  | 
 ކައުންސިލް ކޮންޓްރެކްޓް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދޭނީ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން، ދިވެހި ސަރވިސް ޤަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިންނެވެ. އަދި ސިވިލް ސަރވިސް ޤަވާއިދަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ ޤަވާއިދުގެ މާއްދާތަކަށެވެ.  | 
| 
 36.  | 
 ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ ޢިނާޔަތް  | 
 (ހ)  | 
 ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ މުނާސަބަތުގައި، ކައުންސިލްގެ ކޮންމެ މުސްލިމު މުވައްޒަފަކަށްވެސް، ޚާއްޞަ ޢިނާޔަތުގެ ފައިސާ، ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ދޭން ވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ ޢިނާޔަތުގެ ފައިސާ ދޭނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ދިނުމަށް ކަނޑައަޅާ އުޞޫލުއްގެ މަތީންނެވެ.  | 
| 
 37.  | 
 މަސައްކަތު ހަފްތާ  | 
 (ހ)  | 
 ޢާންމު ގޮތެއްގައި، ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތު ހަފުތާއަކީ، އާދީއްތައިން ބުރާސްފަތީގެ ނިޔަލަށް، ހަފްތާއަކު 5 ދުވަހެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ކައުންސިލްގެ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތަކަކީ މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު ދެމުން ގެންދަންޖެހޭ ޚިދުމަތަކަށްވާތީ، އެފަދަ ޚިދުމަތްދޭ ތަންތާގައި، ބަންދު ދުވަހެއްނެތި ހަފްތާގެ ހުރިހައި ދުވަހެއްގައި މަސައްކަތް އޮންނާނެއެވެ. އެފަދަ ތަންތާގައިވެސް، މަސައްކަތް އޮންނާނީ، ކަނޑައަޅައިފައިވާ ދަންފަޅީގެ އުޞޫލުން، ކޮންމެ މީހަކަށްވެސް ހަފްތާއަކު ގިނަވެގެން 6 ދުވަހުއެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާ ކުރެވިފައިވާ މުވައްޒަފުންގެ މަސައްކަތުގަޑި މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅި ދާނެއެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 މެދުކެނޑުމެއްނެތި ހަފްތާގެ ހުރިހައި ދުވަހެއްގައި ޚިދުމަތްދޭ ތަންތަން ފިޔަވައި އެހެނިހެން ތަންތާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަފްތާއަކު 6 ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ މުވައްޒަފުންގެ މަސައްކަތުގަޑިއަކީ އެ މުވައްޒަފު މަސައްކަތް ކުރުމަށް ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތެވެ.  | 
| 
 
  | 
 
  | 
 (ބ)  | 
 މަސައްކަތު ހަފްތާ ހަމަޖެހިފައިވާ ގޮތުން ހަފްތާއަކު 6 ދުވަހު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ދަންފަޅި ހަމަޖެއްސުމުގައި، ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތު، އަރާމު ކުރުމަށް ވަގުތު ނުދީ، މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. އަދި މެދުކެނޑުމެއްނެތި، މަދުވެގެން 30 މިނިޓުގެ ވަގުތުކޮޅެއްނުދީ، 5 ގަޑިއިރަށްވުރެ ދިގުކޮށް މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ.  | 
| 
 38.  | 
 މަސައްކަތު ގަޑި  | 
 (ހ)  | 
 ކައުންސިލްގެ މަސައްކަތުގެ ވަގުތު ކަނޑައެޅިފައި އޮންނާނީ ސަރުކާރުން އެ ޚިދުމަތެއް ދިނުމަށް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ވަޒީފާއާބެހޭ ޤާނޫނާއި މިއުޞޫލާއި ޚިލާފުނުވާ ގޮތުގެ މަތީން، ކައުންސިލްގެ މުވައްޒަފަކަށް ހަފްތާގެ ކޮންމެ ދުވަހަކުވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް، ވަޒީފާގެ ބޭނުމެއްގައި، މަސައްކަތު ނެރުމަކީ ކައުންސިލަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 އާންމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުން ކަނޑައަޅައިފައިވާ ވަގުތެވެ. ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގެ ތެރެއިން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މުވައްޒަފުންނަށް ދޭންޖެހޭ ހުސްވަގުތުކޮޅު، މެންދުރު 12:00 އިން 12:30 އަށް ނުވަތަ 12:30 އިން 13:00 އަށް ދޭންވާނެއެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 ދަންފަޅި އުޞޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ ދަންފަޅިއަކަށް ކަނޑައަޅައިފައިވާ ގަޑިއެވެ.  | 
| 
 
  | 
 
  | 
 (ބ)  | 
 މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުވުމަށްޓަކައެވެ. މިގޮތުން މުވައްޒަފެއް އެ ދުވަހަކު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނުނިމި ހުރެއްޖެނަމަ، ނުވަތަ އޮފީހުން ނިންމަންޖެހޭ ޚާއްޞަ މަސައްކަތެއް ކުރުމަށްޓަކައި، އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީގަޑީގައި މަސައްކަތް ކުރުވި ދާނެއެވެ.  | 
| 
 39.  | 
 އޮފީހުން ބޭރަށްދިޔުމާއި ރަށުން ބޭރަށް ދިޔުން  | 
 (ހ)  | 
 އޮފީހުގެ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފެއް އަމިއްލަ ބޭނުމެއްގައި އޮފީހުން ބޭރަށްދާންވާނީ، ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި، އެކަމެއްގެ މުހިއްމުކަން ބަޔާންކޮށް، އެ މުވައްޒަފުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ. އަދި އަމިއްލަ ކަންކަމުގައި މުވައްޒަފުން ބޭރަށްގޮސް، އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު، ސަބަބާއެކު، ރެކޯޑު ކޮށްފައި އޮންނަން ވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 ރަސްމީ ދުވަހެއް ނުވަތަ ބަންދު ދުވަހެއްގައި ނަމަވެސް، ޗުއްޓީ ނެގުމަކާނުލައި، ދިމާވެ ދާނެ ކުއްލި ކަމަކަށް އިޖާބަނުދެވޭ ހިސާބަށް، ރަށުން ބޭރަށް ދާނަމަ ދާންވާނީ، އެ މުވައްޒަފެއް ރިޕޯޓް ކުރަންޖެހޭ ވެރިއަކަށް އެންގުމަށް ފަހުގައެވެ. އެއްފަސްކޮށް އޮންނަ ރަށްރަށާއި، އެއްގަމުމަގުން ގުޅުވާލެވިފައިވާ ރަށްރަށާއި އަދި މަދުވެގެން ގަޑިއަކު އެއްފަހަރު މުވައްޒަފު ވަޒީފާއަދާ ކުރާތަނާ މުވައްޒަފު ދާ ރަށާ ދެމެދު ފެރީދަތުރުތައް އޮންނަ ރަށްރަށަށް ދިއުން މީގެތެރެއަކު ނުހިމެނެއެވެ.  | 
| 
 40.  | 
 ގަޑިޖެހުން  | 
 (ހ)  | 
 ކައުންސިލްގެ ކޮންމެ މުވައްޒަފެއްމެ، މަސައްކަތަށް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރު ވެއްޖެ ނަމަ ގަޑި ޖެހޭނެއެވެ. މުވައްޒަފެއް އާދަވެ ގަޑި ޖެހި، މަސައްކަތަށް ބުރޫ އަރާނަމަ، އެ މުވައްޒަފެއްގެ މައްޗަށް، އިދާރާއިން އިޞްލާޙީ ފިޔަވަޅު އަޅަން ވާނެއެވެ.  | 
| 
 
  | 
 
  | 
 (ށ)  | 
 އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިކަން އެ އިދާރާއެއްގައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ގަވާއިދެއްގެ ތެރެއިން ހާޒިރުވިގަޑި ރެކޯޑް ކުރަން ވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް ހާޒިރުވިގަޑި ގަވާއިދުން ރެކޯޑް ކޮށްފައި ނުވާނަމަ، މުވައްޒަފު މަސައްކަތަށް ހާޒިރުވި ގަޑިއާއި ހާޒިރުވިކަން ސާބިތުކޮށް ދިނުމުން އެ ދުވަހަކީ ހާޒިރުވި ދުވަހެއް ކަމުގައި ބަލައި ރެކޯޑު ކުރެވޭނެއެވެ.  | 
| 
 
  | 
 
  | 
 (ނ)  | 
 އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވިގަޑި ރެކޯޑް ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގާފައި ހާޒިރުވިގަޑި ރެކޯޑް ކުރަން ވާނެއެވެ. އަދި ސަބަބު ރެކޯޑް ކޮށްފައި އޮންނަން ވާނެއެވެ. މި ހާލަތުގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެއެވެ.  | 
| 
 
  | 
 
  | 
 (ރ)  | 
 އޮފީސް ހުޅުވާ މުވައްޒަފެއް ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެހުރި އިސް މުވައްޒަފެއް، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. އޮފީސް ހުޅުވުމުން ހާޒިރީ ރެކޯޑްކުރާނީ އެވެ.  | 
| 
 41.  | 
 ޚާއްސަ ހާލަތްތަކުގައި އޮފީހަށް ގަޑިއަށް ހާޒިރު ވެވޭގޮތް ނުވުން  | 
 
  | 
 ޤުދުރަތީ ކަމެއް ދިމާވެގެން ނުވަތަ ދިމާވާ ޚާއްޞަ ހާލަތަކާ ގުޅިގެން، މުވައްޒަފަށް އޮފީހަށް ގަޑިޔަށް ހާޒިރު ނުވެވޭގޮތް ދިމާވެއްޖެނަމަ، ސަބަބު ބަޔާންކޮށް ގަޑިޖެހުމުގެ ކުރިން އެކަން އެ މުވައްޒަފުގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި މުވައްޒަފަށް ދިމާވި ޙާލަތަށް ރިޢާޔަތް ކުރުމަށްފަހު، އެ ދުވަހު އެ މުވައްޒަފު ގަޑި ނުޖެހޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ލިބިގެންވެއެވެ.  | 
| 
 42.  | 
 ރޭނގަޑު 12:00 ގެ ފަހުން ޚާއްސަ މަސައްކަތް ކުރަންޖެހޭ މުވައްޒަފު ވަޒީފާއަށް ނުކުންނަންޖެހޭ ވަގުތު ކަނޑައެޅުން  | 
 (ހ)  | 
 ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރާނަމަ، ދަންވަރު 12:00 ގެ ފަހުން ހިނގާ ކޮންމެ ގަޑިއިރަކަށް، ގަޑިއިރެއް އެ ދުވަހު ހެނދުނު އޮފީހަށް ނިކުތުމުގައި އެ މުވައްޒަކަށް ފަސްކޮށް ދެވިދާނެއެވެ.  | 
| 
 
  | 
 (ށ)  | 
 ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރި ކަމުގައި ވީނަމަވެސް ހެނދުނު އޮފީހަށް ނުކުތުން ފަސްކުރެވޭނެ އެންމެ ލަސް ގަޑިއަކީ އެ ދުވަހުގެ ހެނދުނު 11:00 އެވެ.  | 
|
| 
 
  | 
 (ނ)  | 
 ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އޮފީހުގެ މަސައްކަތާއި ހާލަތަށް ރިޢާޔަތްކޮށް އެ މުވައްޒަފު ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ހާޒިރު ވާންވީ ގަޑި މި މާއްދާއާ ޚިލާފު ނުވާ ގޮތުގެ މަތީން ހަމަޖެއްސުމުގެ އިޚްތިޔާރު ސެކްރެޓަރީ ޖެނެރަލްއަށް ލިބިގެންވެއެވެ.  | 
|
| 
 43.  | 
 ބަންދު ދުވަސްތަކާއި މުވައްޒަފަށް ދެވޭ ޗުއްޓީ  | 
 
  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފަށް ލިބޭ ބަންދު ދުވަސްތަކާއި، ޗުއްޓީތައް ދިނުމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްގޮތަށް، ދިވެހި ސިވިލް ސަރވިސް ޤަވާއިދުގެ 18 ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އަދި ސިވިލް ސަރވިސް ޤަވާއިދަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ ޤަވާއިދުގެ މާއްދާތަކަށެވެ.  | 
| 
 44.  | 
 އިޞްލާޙީ ފިޔަވަޅު އެޅުމާއި މާއްދީ ގެއްލުންތަކަށް ބަދަލު ނެގުން  | 
 
  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފަކު ކުށެއް ކޮށްފިނަމަ، އެކުށެއްގެ ދަރަޖަ ކަނޑައަޅާނީ، އަދި އެކުށަކަށް އިސްލާހީ ފިޔަވަޅު އެޅުމާއި، މާއްދީ ގެއްލުންތަކަށް ބަދަލު ނެގުމުގައި ޢަމަލުކުރާނީ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްގޮތަށް، ދިވެހި ސިވިލް ސަރވިސް ޤަވާއިދުގެ 28 ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އަދި ސިވިލް ސަރވިސް ޤަވާއިދަށް އަންނަ ކޮންމެ ބަދަލަކާއެކު، ޢަމަލުކުރާނީ އެންމެ ފަހުން އަދާހަމަކުރެވިފައިވާ ޤަވާއިދުގެ މާއްދާތަކަށެވެ.  | 
| 
 45.  | 
 އުޞޫލަށް ބަދަލު ގެނައުމާއި އުޞޫލުގައި ނެތްކަމެއް ދިމާވުން  | 
 (ހ)  | 
 މިއުޞޫލަށް ބަދަލު ގެނެސް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މަޑުއްވަރީ ކައުންސިލަށް ލިބިގެންވެއެވެ.  | 
| 
 (ށ)  | 
 މިއުޞޫލުގައި ބަޔާންވެފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމަށް ނިންމާނީ ކައުންސިލުންނެވެ.  | 
||
| 
 
  | 
 (ނ)  | 
 މިއުޞޫލުގައި ނުހިމެނޭ ކަމެއް ދިމާ ވެއްޖެނަމަ، ނުވަތަ އުޞޫލުގައި ހިމެނިފައިވާ ކަމެއް މާނަ ކުރުމުގައި އޮޅުމެއް ނުވަތަ ޚިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، ވަޒީފާއާއި ބެހޭ ޤާނޫނާއި، އެނޫނުންވެސް ގުޅުންހުރި ޤާނޫނޫތަކާއި ޤަވާއިދުތަކާއި ތަޢާރަޒްނުވާ ގޮތެއްގެމަތިން އެކަމެއް ނިންމާނީ ކައުންސިލުންނެވެ.  | 
|
| 
 46.  | 
 އިސްތިސްނާ ހާލަތު  | 
 
  | 
 ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ޢައްޔަން ކުރުމާއި، މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، ނުވަތަ މުވައްޒަފުންގެ މަޞްލަޙަތަށް އަސަރުކޮށްފާނޭ ކަމަކާ ގުޅިގެން މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް ކުރުން ކޮންމެހެން ލާޒިމްކުރާ އިސްތިސްނާ ޙާލަތްތަކުގައި މިއުޞޫލާއި ތަޢާރުޟު ވެދާނޭ ނިންމުމެއް ވަޒީފާއާއި ބެހޭ ޤާނޫނާއި ނުވަތަ ރާއްޖޭގައި ޢަމަލު ކުރާ އެހެން ޤާނޫނަކާއި ޚިލާފު ނުވާނޭ ގޮތެއްގެ މަތީން ނިންމުމާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.  | 
| 
 47.  | 
 މާނަކުރުން  | 
 (ހ)  | 
 މިއުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާއަށެވެ.  | 
| 
 (ށ)  | 
 "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންނަށެވެ.  | 
||
| 
 
  | 
 (ނ)  | 
 "އިދާރާ" ނުވަތަ "އޮފީސް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާއަށެވެ.  | 
|
| 
 
  | 
 (ރ)  | 
 "ސިވިލް ސަރވިސް" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްއަށެވެ.  | 
 
ޖަދުވަލު 1
ރ.މަޑުއްވަރީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލުގެ ދަށުން ނެގޭ މުވައްޒަފުންގެ މަޤާމުގެ ކްލެސިފިކޭޝަން އާއި ރޭންކާއި މުސާރަ އަދި ޝަރުތުތައް
| 
 ކްލެސިފިކޭޝަން  | 
 ރޭންކު  | 
 މުސާރަ  | 
 ޝަރުތު  | 
| 
 ސަޕޯޓް އެސިސްޓެންޓް (ބިދޭސީން)  | 
 RMC Level 1  | 
 އަސާސީ މުސާރަ: -/5300 ސަރވިސް އެލެވެންސް: -/1000  | 
  | 
| 
 ސަޕޯޓް އެސިސްޓެންޓް (ދިވެހިން)  | 
 RMC Level 2  | 
 އަސާސީ މުސާރަ: -/5600 ސަރވިސް އެލެވެންސް: -/1500  | 
  | 
| 
 އެސިސްޓެންޓް އޮފިސަރ  | 
 RMC Level 3  | 
 އަސާސީ މުސާރަ: -/5800 ސަރވިސް އެލެވެންސް: -/1500  | 
  | 
| 
 ޓެކްނިކަލް އެސިސްޓެންޓް  | 
 RMC Level 4  | 
 އަސާސީ މުސާރަ: -/5800 ސަރވިސް އެލެވެންސް: -/2000  | 
 ނުވަތަ 
 
  | 
| 
 އޮފިސަރ  | 
 RMC Level 5  | 
 އަސާސީ މުސާރަ: -/6000 ސަރވިސް އެލެވެންސް: -/2000  | 
 ނުވަތަ، 
 
  | 
| 
 ޓެކްނިކަލް އޮފިސަރ  | 
 RMC Level 6  | 
 އަސާސީ މުސާރަ: -/6000 ސަރވިސް އެލެވެންސް: -/2500  | 
 ނުވަތަ، 
 
  | 
| 
 ސީނިއަރ އޮފިސަރ  | 
 RMC Level 7  | 
 އަސާސީ މުސާރަ: -/6200 ސަރވިސް އެލެވެންސް: -/2500  | 
 ނުވަތަ 
 
  | 
| 
 ސީނިއަރ ޓެކްނިކަލް އޮފިސަރ  | 
 RMC Level 8  | 
 އަސާސީ މުސާރަ: -/6200 ސަރވިސް އެލެވެންސް: -/3000  | 
 ނުވަތަ 
 
  | 
| 
 އެސިސްޓެންޓް މެނޭޖަރ  | 
 RMC Level 9  | 
 އަސާސީ މުސާރަ: -/6400 ސަރވިސް އެލެވެންސް: -/3000  | 
 ނުވަތަ، 
 
  | 
| 
 ޓެކްނިކަލް އެސިސްޓެންޓް މެނޭޖަރ  | 
 RMC Level 10  | 
 އަސާސީ މުސާރަ: -/6400 ސަރވިސް އެލެވެންސް: -/3500  | 
 ނުވަތަ، 
 
  | 
| 
 މެނޭޖަރ  | 
 RMC Level 11  | 
 އަސާސީ މުސާރަ: -/6600 ސަރވިސް އެލެވެންސް: -/3500  | 
 ނުވަތަ، 
 
  | 
| 
 ޓެކްނިކަލް މެނޭޖަރ  | 
 RMC Level 12  | 
 އަސާސީ މުސާރަ: -/6600 ސަރވިސް އެލެވެންސް: -/4000  | 
 ނުވަތަ، 
 
  | 
| 
 ސީނިއަރ މެނޭޖަރ  | 
 RMC Level 13  | 
 އަސާސީ މުސާރަ: -/6800 ސަރވިސް އެލެވެންސް: -/4000  | 
  | 
| 
 ސީނިއަރ ޓެކްނިކަލް މެނޭޖަރ  | 
 RMC Level 14  | 
 އަސާސީ މުސާރަ: -/6800 ސަރވިސް އެލެވެންސް: -/4500  | 
 
  | 
ނޯޓް:
ލިޔަން ކިޔަން އެނގުން ކަމަށް ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވެފައިވާކަން ދެނެގަންނާނީ:
ހ. ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
ށ. ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
ނ. ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
ވަޒީފާއަށް އެދޭ ފޯމު
| 
 ފޯމު ފުރުމުގައި އަދި ހުށަހެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް: 
  | 
  | 
|||
| 
 
  | 
 ނ. މަޤާމުގެ ރޭންކު:  | 
 
  | 
 ހ. މަގާމުގެ ނަން:  | 
| 
 
  | 
 ރ. އިޢުލާން ނަންބަރު:  | 
 
  | 
 ށ. މަޤާމުގެ ކްލެސިފިކޭޝަން:  | 
  | 
|||
| 
 
  | 
 ބ. ފޯނު ނަންބަރު:  | 
 
  | 
 ހ. ފުރިހަމަ ނަން:  | 
| 
 
  | 
 ޅ. ޖިންސް:  | 
 
  | 
 ށ. ދާއިމީ އެޑްރެސް:  | 
| 
 
  | 
 ކ. ދރއ.ކާޑު ނަންބަރު:  | 
 
  | 
 ނ. ދިރިއުޅޭ އެޑްރެސް:  | 
| 
 
  | 
 އ. އުފަން ތާރީޚު:  | 
 
  | 
 ރ. އީމެއިލް އެޑްރެސް:  | 
  | 
||||
| 
 ވަކިވި ސަބަބު  | 
 މުސާރަ  | 
 މުއްދަތު  | 
 ވަޒީފާ އަދާކުރަމުންދާ ނުވަތަ އަދާކުރި ތަނުގެ ނަން  | 
 އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާ  | 
| 
 
  | 
 
  | 
 
  | 
 
  | 
 
  | 
| 
 
  | 
 
  | 
 
  | 
 
  | 
 
  | 
  | 
|||
| 
 މި ފޯމުގައި އަޅުގަނޑު ދީފައިވާ މައުލޫމާތަކީ، ތެދު މައުލޫމާތެވެ. މި ފޯމުގައިވާ މައުލޫމާތު ތެދުނޫން ކަމަށް ސާބިތުވެއްޖެނަމަ، މި ފޯމު ބާތިލު ކުރުމާއެކު މި ފޯމުގައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ، ނިންމާފައިވާ ނިންމުންވެސް ބާޠިލުކުރެވޭނެއެވެ. އަދި ދޮގު މަޢުލޫމާތު ދީފައިވާ މައްސަލައާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތަށް ފޮނުވޭނެއެވެ.  | 
|||
| 
 
  | 
 ތާރީޚު:  | 
 
  | 
 ވަޒީފާއަށް އެދޭ ފަރާތުގެ ސޮއި:  | 
- 5. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: (ތިރީގައިވާ ލިޔުންތަކުގެ ތެރެއިން ފޯމާއެކު ހުށަހަޅާ ލިޔުންތައް ފާހަގަ ކުރޭ.)
 
| 
 ☐  | 
 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  | 
|
| 
 ☐  | 
 ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ / ލިޔަން ކިޔަން އެނގޭ ކަމުގެ ލިޔުން  | 
|
| 
 ☐  | 
 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް  | 
| 
 އިދާރާގެ ބޭނުމަށް  | 
|
| 
 ފޯމު ބަލައިގަތް ގަޑި:  | 
 ފޯމު އޮފީހަށް ބަލައިގަތް ފަރާތުގެ ނަން:  | 
| 
 ސޮއި:  | 
 ފޯމު ބަލައިގަތް ތާރީޚު:  | 
