މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވައިދު ނަންބަރ 2019/R-1002 (ޕްލޭނިންގ ޤަވައިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީ ގޮތުގެ ޤަވައިދު)އަށް ގެނެވުނު 2 ވަނަ އިސްލާޙާއި ގުޅިގެން ބ. ފުޅަދޫގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުން

                                                                                                                                                                                                                                                                                                                          ނަންބަރު: PN/2021/1

 

ޤަވައިދު ނަންބަރ 2019/R-1002 (ޕްލޭނިންގ ޤަވައިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީ ގޮތުގެ ޤަވައިދު) އަށް ގެނެވުނު 2 ވަނަ އިސްލާޙާއި ގުޅިގެން ބ. ފުޅަދޫގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުން.

               ޤަވައިދު ނަންބަރ 2019/R-1002 އަށް ގެނެވުނު 2 ވަނަ އިސްލާޙުގެ 6.1 (ހ) ގެ ދަށުން ބ. ފުޅަދޫގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 12.5 މީޓަރު ކަމުގައި ކަނޑައަޅައި މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 24 ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ. މި ނިންމުން ނިންމާ، ނިންމުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢިމާރާތްކުރުމުގެ ޙުއްދަ ކައުންސިލުން ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ނުވަތަ އެފަރާތްތަކުން ކޮށްފައިވާ ކަމެއްގެ މައްޗަށް މި ނިންމުމެއް ނުހިގާނެއެވެ. އަދި މިނިންމުމަށް ޢަމަލުކުރާ ތާރީޙުގެ ކުރިން ޙުއްދަ ނުދެވިވާ ކުރެހުންތަކަށް  މިނިންމުމުގެ ދަށުން ޙުއްދަ ދެވޭނީ މިނިންމުމުގައި  ކަނޑައަޅާފައިވާ ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަށްވުރެ އުސްނުވާނެ ގޮތުގެ މަތިންނެވެ.

              މި ނިންމުމަށް ޢަމަލުކުރަންފަށާނީ، 14 ޖެނުއަރީ 2022 ގެ ފަހުންނެވެ.

                                           15 ޖުމާދަލްއޫލާ 1443

                                           19 ޑިސެންބަރ 2021          

19 ޑިސެންބަރު 2021
ހޯދާ