ޚިދުމަތުގެ ފެންވަރާއި މުއްދަތު
|
ޚިދުމަތްތައް
|
#
|
ކޯޕަރޭޓް ސަރވިސަސް (ރިސެޕްޝަން)
|
އޮފީހުގެ ފޯނަށް އަންނަ ފޯލްކޯލުތަކަށް ޖަވާބުދިނުން
|
- ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް ޚިދުމަތް ހޯދަން 6540579 ށް ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބވަޑައިގަންނަވާނެ.
- ޚިދުމަތް ހޯދަން ގުޅިފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.
|
އޮފީހުގެ ފޯނަށް އަންނަ ފޯލްކޯލުތަކަށް ޖަވާބުދިނުން
|
1
|
ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން
|
- ސްކޫލަށް ބަލައިގަންނަ އެންމެހާ ލިޔެކިޔުންތައް ބަލައިގަންނާނީ ރަސްމީ ދުވަހު ހެނދުނު 8:00 ން 14:00 އަށް ސްކޫލުގެ އޮފީހުގެ ކައުންޓަރުންނާއި ސްކޫލްގެ އީމެއިލް [email protected] އިން.
- ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.
- ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބުދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.
|
ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީ ނުވަތަ ލިޔެކިޔުންތައް ބަލައިގަނެ ޖަވާބުދާރީވުން
|
2
|
ދަރިވަރުން ރެޖިސްޓަރ ކުރުމާއި ރަޖިސްޓްރީން އުނިކުރުން އަދި ބެލެނިވެރިކަން ބަދަލުކުރުން
|
- އެލް.ކޭ.ޖީ އަށް ވައްދަން އެދޭ ދަރިވަރުން ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުން.
- ދަރިވަރުގެ ފޯމް ސްކޫލަށް ލިބުން، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާނަމަ، ދަރިވަރު ސްކޫލަށް ރަޖިސްޓްރީކުރެވުނު ކަމުގެ ލިޔުމާއި ޔުނީފޯމް ނަމޫނާ ވަގުތުން ދޫކުރުން
|
އެލް.ކޭ.ޖީ އަށް އަލަށް ދަރިވަރުން ރަޖިސްޓްރީކުރުން
|
3
|
- ދަރިވަރު އެއް ސްކޫލުން އަނެއް ސްކޫލަށް ަބދަލުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުން.
- ދަރިވަރުގެ ޓްރާންސްފަރ ފޯމް ސްކޫލަށް ލިބުމުން، ޓްރާންސްފަރ ރިކުއެސްޓް މިހާރު ދަރިވަރު ރަޖިސްޓްރީވެފައިވާ ސްކޫލަށް ރަސްމީ 1 ދުވަސްތެރޭ ފޮނުވާ އެކަން ބެލެނިވެރިޔާއަށް އެންގުން.
- ސްކޫލުން ފޮނުވި ރިކުއެސްޓް ދަރިވަރު މިހާރު ކިޔަވަމުންދާ ސްކޫލުން އެކްސެޕްޓް ކުރުމުން، ދަރިވަރު ސްކޫލަށް ވައްދަންއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ބެލެނިވެރިޔާއަށް އެންގުން.
- ދަރިވަރުގެ ފޯމް ސްކޫލަށް ލިބުމުން، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާނަމަ، ދަރިވަރު ސްކޫލަށް ރަޖިސްޓްރީކުރެވުނު ކަމުގެ ލިޔުމާއި ޔުނީފޯމް ނަމޫނާ ވަގުތުން ދޫކުރުން.
|
ޔޫ.ކޭ.ޖީ އިން 10 ށް ދަރިވަރު ރަޖިސްޓްރީކުރުން
|
4
|
- ދަރިވަރުގެ ޓްރާންސްފަރ ރިކުއެސްޓް ބަދަލުވާން އެދޭ ސްކޫލުން މިމީސް މެދުވެރިކޮށް ލިބުމުން، އެކަން ދަރިވަރުގެ ކުލާސް ޓީޗަރަށާއި ލީޑިންގ ޓީޗަރަށް އެދުވަހު އެންގުން.
- ދަރިވަރު ބަދަލުވުމުގެކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެކަން ލީޑީންގ ޓީޗަރު އެންގުމުން، އެދުވަހު ޓްރާންސްފަރ ރިކުއެސްޓް އެކްސެޕްޓްކޮށް އެކަން ދަރިވަރުންގެ ރަޖިސްޓްރީ ބަލަހައްޓާ ބަޔަށާއި ދަރިވަރުގެ ބެލެނިވެރިޔާއަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން.
|
ދަރިވަރު އެހެން ސްކޫލަކަށް ޓްރާންސްފަރކުރުން
|
5
|
- ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުމުން، ދަރިވަރުގެ ބެލެނިވެރިކަން ސްކޫލްގެ ރަޖިސްޓްރީއާއި މިމީސް އިން ބަދަލުކޮށް އަދާހަމަކޮށް ކުލާސްޓީޗަރަށާއި ލީޑިންގ ޓީޗަރަށް އެންގުން.
- ބެލެނިވެރިކަން ބަދަލުވުމުން އެކަން 2 ބެލެނިވެރިންނަށް ރަސްމީ 3 ދުވަހުގެ
ތެރޭގައި ސްކޫލުން ގުޅާ އެންގުން.
|
ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރުން
|
6
|
- ލީވިންގ ސެޓްފިކެޓަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުމުން، ދަރިވަރުގެ ރެކޯޑުތައް ކަށަވަރުކުރުމަށް އެކަޑަމިކް ސެކްޝަނަށް ފޮނުވުން.
- ދަރިވަރު ސްކޫލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެފައިސާއާއި، ޓެކްސްޓް ފޮތާއި ޓެބްލެޓް ސްކޫލަށް ޙަވާލުކުރުމަށް ބެލެނިވެރިޔާއަށް އަންގައި އެތަކެތި ބަލައިގަތުން.
- ޕްރިންސިޕަލްގެ ހުއްދަ ލިބި، ލީވިންގ ސެޓްފިކެޓް ތައްޔާރުވުމުން، އެކަން ބެލެނިވެރިޔާއަށް އަންގާ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ބެލެނިވެރިޔާ ސްކޫލަށް ސެޓްފިކެޓްފީ ދެއްކުމުން ސެޓްފިކެޓް ދޫކުރުން.
- ލީވިންގް ސެޓްފިކެޓް ދޫކުރުމުގެ މުޅިމަރުޙަލާ ފޯމް ލިބޭ ތާރީޚުން ފެށިގެން
ރަސްމީ 7 ދުވަހުގެ ތެރޭގައި ނިންމުން.
|
ލީވިންގ ސެޓްފިކެޓް ދޫކުރުން
|
7
|
ޕްރޮކިއުމަންޓް ސެކްޝަން
|
ސްކޫލަށް ލިބޭ ހިލޭ އެހީ ބަލައިގަތުން
|
- ހިލޭ އެހީގެ ގޮތުގައި ސްކޫލަށް ހަދިޔާ ކުރާ ތަކެއްޗާއި ފައިސާ ސްކޫލަށް ހަދިޔާކުރުމުގެ ކުރިން އެކަން ސްކޫލަށް އެންގުން.
- ހިލޭ އެހީދޭ ފަރާތުން އެހީގެ ގޮތުގައި ދެވޭ ތަކެއްޗާއި ފައިސާގެ މަޢުލޫމާތު ލިޔެ ހިލޭ އެހީގެ ހުއްދައަށް އެދޭ ފޯމް ރަސްމީ 3 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވުން.
- ހިލޭ އެހީގެ ހުއްދަ މިނިސްޓްރީން ލިބޭ ދުވަހު އެކަން އެހީދޭ ފަރާތަށް އަންގާ އެހީ ބަލައިގަތުމުގެ ކަންކަން ހަމަޖެއްސުން.
|
ހިލޭއެހީގެ ގޮތުގައި ސްކޫލަށް ފައިސާއާއި ތަކެތި ހަދިޔާކުރުން
|
8
|
ސްކޫލްގައި ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތައް
|
- ބިޑް ކުރެވޭ މަސައްކަތްތަކާއި • މަސައްކަތްތަކަށް ބަޖެޓް ލިބި ހުއްދަ ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމަށް ގެޒެޓުގައި އިޢުލާނުކުރުން.
|
ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް ހުޅުވާލުން
|
9
|
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިންކު މެދުވެރިކޮށް ނުވަތަ ސްކޫލްގެ އިދާރާއަށް ދުރުވެ ބިޑަށް ނަންނޯޓްކުރުން.
- މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ދުވަހުގެ ގަޑިއަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުން
|
ނަންނޯޓްކުރުމާއި މައުލޫމާތުދިނުން އަދި ބިޑް ބަލައިގަތުން
|
10
|
- ބިޑްތައް ބަލައިގަންނަ ދުވަހުންފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ބިޑްކޮމިޓީގެ ބައްދަލުވުން ބާއްވާ ބިޑްތަކާމެދު ގޮތެއް ނިންމުން
|
ބިޑް ކޮމިޓީ ބޭއްވުން
|
11
|
- ބިޑް އެވޯޑްކުރާނެ ފަރާތެއް ބިޑް ކޮމިޓީން ފާސްކުރާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ބިޑް ކާމިޔާބުކުރި ފަރާތަށް އެކަން ލިޔުމުން އަންގާ ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހެޅުމަށް އެންގުން.
- ޓެކްސް ކްލިއަރެންސް ރިޕޯޓް ސްކޫލަށް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރާ މަޝްވަރާކޮށް އެގްރީމަންޓް ކުރާނެ ދުވަހެއް ކަނޑައެޅުން.
|
ބިޑް އެވޯޑްކުރުން
|
12
|
ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުން
|
- ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް ދިރާސީ އަހަރުގައި ނާސްތާ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާ އެކަމަށް އެދި ހުށަހަޅާ ދަރިވަރުން ޕްރޮގްރާމުގައި އެންރޯލްކުރުން.
|
ނާސްތާ ޕްރޮގްރާމަށް ދަރިވަރުން އެންރޯލްކުރުން
|
13
|
- ޕްރޮގްރާމުގައި އެންރޯލްވެ އެއްވެސް ސަބަބަކާނުލައި ވިދިވިދިގެން 10 ދުވަހު ނާސްތާ ނުނަގާނަމަ ދަރިވަރު ޕްރޮގްރާމުން ވަކިކޮށް އެކަން ބެލެނިވެރިޔާއަށް އެންގުން.
|
ނާސްތާ ޕްރޮގްރާމުން ދަރިވަރުން ވަކިކުރުން
|
14
|
އިމާރާތްތަކާއި ތަކެތި ދޫކުރުމާއި ނީލަން ކިޔުން
|
- ސަރުކާރު އިދާރާއެއްގެ ބޭނުމަށް ސްކޫލްގެ އެއްވެސް މުދަލަކާއި ތަނެއް ބޭނުންވެއްޖެނަމަ އެކަން ބަޔާންކޮށް ރަސްމީ 5 ދުވަހުގެ ކުރިން ސްކޫލަށް ހުށަހެޅުން.
- މިފަދަ ތަންތަނަށް ސްކޫލްގެ މުދަލާއި ތަންތަން ދޫކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ ހުށަހެޅުމެއް ލިބޭ ދުވަހު ފޮނުވުން.
- މިނިސްޓްރީގެ ހުއްދަ ލިބުމުން އެކަން ރަސްމީ 1 ދުވަހުގެ ތެރޭގައި ލިޔުމުން އެފަރާތަކަށް އެންގުން.
|
ޢިމާރާތްތަކާއި ތަކެތި ދޫކުރުން
|
15
|
- ސްކޫލްގެ ހަރުމުދަލުގެ ތެރޭގައިހިމެނޭ އެއްވެސް އެއްޗެއް ނީލަންކިޔުން ނުވަތަ ނައްތާލުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ނީލަން ޕޯޓަލް މެދުވެރިކޮށް އެހެން އޮފީހަކުން އެ މުދަލެއް ބޭނުންވޭތޯ ކަށަވަރުކުން.
- އެއްވެސް އޮފީހަކުން އެ މުދަލެއް ބޭނުންވާނަމަ އެއޮފީހަކުން ފޮނުވާ މުދާ ބަދަލުކުރުމަށް އެދޭ ފޯމަށް ހުއްދަހޯދައި، މުދާ ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން.
- އެއްވެސް އޮފީހަކުން އެ މުދަލެއް ބޭނުންނުވާނަމަ، އެތަކެތި ނީލަން ކިޔުމަށް ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކުރުން.
- 2 ފަހަރަށް އިޢުލާނުކޮށްގެން އެއްވެސް ފަރާތަކުން މުދާ ނީލަމުގައި ނުނަގާނަމަ، ނީލަންކިޔުމާއި ނައްތާލުމުގެ އުޞޫލާއެއްގޮތަށް މުދާ ނައްތާލުމަށްފަހު އެކަން މިނިސްޓްރީއަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން.
|
ސްކޫލްގެ ތަކެތި ނީލަންކިޔުން
|
16
|
ބަޖެޓް ސެކްޝަން
|
ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން
|
- ޕީ.ޓީ.އޭ ފަންޑަށް ނަގުދުން ލިބޭފައިސާ ލިބޭ ދުވަހު ރަސީދު ހަދާ ބަލައިގަނެ އަދާހަމަކުރުން.
|
ޕީޓީއޭ ފައިސާ
|
17
|
- އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާއެއްވާނަމަ، ދައްކަންޖެހޭ ފައިސާގެ ތަފްޞީލް އެފަރާތަކަށް އެންގުން.
- މިގޮތުން ދައްކަންޖެހޭ ފައިސާ ބަނޑޭރި ޕޭ ( https://bandeyripay.finance.gov.mv ) ލިންކު މެދުވެރިކޮށް 3 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގުން.
- ފައިސާ ލިބުމުން އެކަން އެފާރަތަށް އެންގުން.
|
އެހެނިހެން ފައިސާ (ނީލަންކިޔުމާއި، ސެޓްފިކެޓްފީ، ހަލާކުވެގެން ނުވަތަ އިހުމާލުން ގެއްލޭ ތަކެތީގެ ފައިސާ ފަދަ އާމްދަނީ ފައިސާ ބަލައިގަތުން)
|
18
|
- އެއްވެސް ފަރާތަކުން އެހީގެ ގޮތުގައި ދެވޭ ފައިސާއެއް ބަލައިގަތުމުގެ ހުއްދަ މިނިސްޓްރީން ދިނުމުން، އެފައިސާ ސްކޫލްގެ އެކައުންޓް (ފޭދޫ ސްކޫލް – 7724700648001) ގެ އެކައުންޓަށް ޖަމާކުރުމަށް އެފަރާތަކަށް އެންގުން.
|
އެހީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުން
|
19
|
ހިއުމަން ރިސޯސް ސެކްޝަން
|
ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ ކަންކަން ކުރުން
|
- މަޤާމްތަކަށް އިޢުލާނުކުރުމުގެ ހުއްދަ މިނިސްޓްރީން ލިބުމުން ސިވިލް ސަރވިސްގެ ޤަވާޢިދާއި ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ޢައްޔަންކުރުމުގެ އުޞޫލުގައިވާ އިޢުލާން ތައްޔާރުކޮށް ރަސްމީ 3 ދުވަހުގެ ތެރޭ އިޢުލާން ގެޒެޓްކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)
|
މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިޢުލާނުކުރުން
|
20
|
- ވަޒީފާއަށް އެދި ސްކޫލްގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ، ފޯމް ޗެކްކުރުމަށްފަހު ކެނޑިޑޭޓު ނަމްބަރާއެކު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން.
- އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ކެނޑިޑޭޓު ނަމްބަރާއެކު ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން.
- ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން
|
21
|
- ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް ސްކްރީނިންގ ޝީޓް ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުން.
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިންޓަރވިއު ބޭއްވުމުގެ ކުރިން ސަބަބު ބަޔާންކޮށް ލިޔުމުން އެންގުން.
- ސްކްރީނިންގ މަރުޙަލާގައި އެއްވެސް ޝަކުވާއެއް އޮތްނަމަ ސްކްރީނިންގ ޝީޓް ގެޒެޓްކުރާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ލިޔުމުން ސްކޫލްގެ އިދާރާއަށް ހުށަހެޅުން.
- ސްކްރީނިންގ މަރުޙަލާގައި ހުށަހެޅޭ ޝަކުވާތަކަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
|
ސްކްރީނިންގ މަރުހަލާ
|
22
|
- ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން،އިންޓަރވިއު ބާއްވާގަޑީގެ 48 ގަޑިއިރު ކުރިން ކެނޑިޑޭޓަށް އީމެއިލް މެދުވެރިކޮށް އެންގުން.
- ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އީމެއިލް މެދުވެރިކޮށް އެންގުން.
|
އިންޓަރވިއު ބޭއްވުން
|
23
|
- އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ރަސްމީ 3 ދުވަހުގެ ފުރުޞަޠު ހުޅުވާލުން.
- ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު ހުށަހެޅި ޝަކުވާއާ ގުޅޭގޮތުން ނިންމި ނިންމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން.
- ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުން.
|
އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށަހެޅުން
|
24
|
- އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބަލައި އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު، އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް ވަޒީފާގެ ހަމަޖެއްސުމަށް ޖޮބް އޮފަރ ލެޓަރ ނުވަތަ ފޯމް އީމެއިލް މެދުވެރިކޮށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފޮނުވުން.
- ޖޮބް އޮފަރ ލެޓަރ އަށް ޖަވާބު ދިނުމަށް ދެވިފައިވާ 72 ގަޑިއިރުގެ ސުންގަޑި ހަމަވުމުން އެއްވެސް ޖަވާބެއް ނުލިބޭނަމަ 2 ވަނައަށް އެންމެ މަތީން މާކުސް ހޯދި ކެނޑިޑޭޓަށް ޖޮބް އޮފަރ ލެޓަރ ނުވަތަ ފޯމު ފޮނުވުން.
- ޖޮބް އޮފަރ ޤަބޫލުކޮށް ހުށަހެޅުމުން، އެޓޭސްޓުކުރި ލިޔުންތަކާއި ކުށުގެ ރެކޯޑު ސާފުކޮށް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން.
- ހުރިހާ ލިޔެކިޔުންތަކެއް ހަމަވުމުން، ހަމަވާ ދުވަހުން ފެށިގެން ރަސްމީ ދެ ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ފޮނުވުން.
|
ވަޒީފާ ހަމަޖެއްސުން
|
25
|
އެކަޑަމިކް ސެކްޝަން
|
|
- ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެދި ސްކޫލްގެ އިސްވެރިޔާއަށް ލިޔުމުން ހުށަހެޅުން.
- ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ގޮތުން ރާވާ ހަރަކާތަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެކަށީގެންވާ ހަރަކާތެއްތޯ ބަލައި، ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައި، އެކަމަކާމެދު ނިންމި ނިންމުން، ރަސްމީ 3 ދުވަސްތެރޭ ލިޔުމުން އެފަރާތަކަށް އެންގުން.
|
ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އާންމު ފަރާތަކުން ހުށަހެޅުމުން އެކަން ކުރިއަށް ގެންދިއުން
|
26
|
- އަމިއްލަ ފަރާތަކުން އިނާމު ހުށަހެޅުމަށް ބޭނުންވާކަން އެދި ސްކޫލަށް ހުށަހެޅުން
- ހުށަހެޅުންތަކާމެދު މަޝްވަރާކުރެވި ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައި
އެފަރާތަށް ދޭންޖެހޭ ޖަވާބު ރަސްމީ 5 ދުވަހުގެ ތެރޭގައި ދިނުން.
|
އަމިއްލަ ފަރާތްތަކުން ސްކޫލުގައި ހިންގާ މުބާރާތަކަށް އިނާމު ހުށަހެޅުން
|
27
|
- އެ މަސައްކަތެއް ސްކޫލް ޕީޓީއޭގެ ނާއިބު ރައީސަށް ނުވަތަ ސްކޫލް ޕީޓީއޭގެ ކޯޑިނޭޓަރ އަށް އެންގުން.
- އެމަސައްކަތް ރައީސަށް ހުށަހަޅާ ރަސްމީ 3 ދުވަހުގެ ތެރޭ ޕީޓީއޭގެ ބައްދަލުވުމެއް ބާއްވާ ގޮތެއް ކަނޑައެޅުން.
- ޕީޓީއޭ އިން ނިންމާ ނިންމުން ނިންމިތާ ރަސްމީ 1 ދުވަހުގެ ތެރޭ އެކަން ހުށަހެޅި ފަރާތަށް އެންގުން.
|
ސްކޫލްގެ ޕީޓީއޭއަށް އާންމުންގެ ފަރާތުން ހުށަހެޅޭ މަސައްކަތްތައް ކުރުން
|
28
|
- ކޮންމެ ދިރާސީ އަހަރެއް ނިމުމުގެ ކުރިން، ކުރިއަށް އޮތް ދިރާސީ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މިނިސްޓްރީން ކަނޑައަޅަ އުޞޫލެއްގެ މަތީން ހޯދައި ސްކޫލަށް ގެނައުން.
- ސްޓޭޝަނަރީ ވައުޗަރ ބޭނުންވާ ދަރިވަރުންނަށް ސްޓޭޝަނަރީ ހޯދުމަށް އެދި ސިޓީ ހުށަހެޅުމަށް ހުޅުވާލުން.
- ދަރިވަރުންގެ ރިޕޯޓް ފޮތާއެކު ސްޓޭޝަނަރީ ވައުޗަރ ދޫކުރުން.
- ޓެކްސްޓް ފޮތްތައް ސްކޫލަށް ލިބޭ މިންވަރަކުން ލިބޭ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ދޫކުރަން ފެށުން.
|
ދަރިވަރުންނާއި މުވައްޒަފުންނަށް ޓެކްސްޓް ފޮތްތަކާއި ވައުޗަރ ދޫކުރުން
|
29
|
- ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.
- ރިޕޯޓްފޯމުގައި އެއްވެސްކަހަލަ މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓުފޯމު ދޫކުރާ ދުވަހުގެ 14:00 ގެ ކުރިން ކުލާސް މުދައްރިސަށް އެންގުން.
- ކުލާސް މުދައްރިސް މާއްދާގެ މުދައްރިސްގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްދިނުން.
- ރިޕޯޓް ފޯމާ ގުޅޭ މައްސަލަ ބަލައި ހައްލުކޮށްދިނުމަށްފަހު ލަސްވެގެން ރަސްމީ 2 ދުވަސްތެރޭ ދަރިވަރުގެ ބެލެނިވެރިޔާއަށާއި ލީޑިންގ ޓީޗަރަށް ކުލާސްޓީޗަރު އެންގުން.
|
ތަޢުލީމީ ރެކޯޑު ބެލެހެއްޓުމާއި، ރިޕޯޓްފޯމު ދޫކުރުމާއި އެއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި
ޖަވާބުދާރީވުން
|
30
|
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން
އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސް ބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ. މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6540579 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ. މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައްގެނެވޭނެއެވެ.
ގުޅުއްވުމަށް:
+960 6540579
[email protected]
ފޭދޫ ސްކޫލް / މަރުކަޒީހިނގުން ، ށ.ފޭދޫ ، ދިވެހިރާއްޖެ
|