ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ބްރޭންޑިންގް އައިޓަމްސް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ބްރޭންޑިންގް އައިޓަމްސް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑް ބައްދަލުވުން އަދި ބީލަން ހުޅުވުން.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
10 ޖަނަވަރީ 2022ގެ 11:00އަށް |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
10 ޖަނަވަރީ 2022ގެ 12:00އަށް |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
13 ޖަނަވަރީ 2022ގެ 14:00އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
16 ޖަނަވަރީ 2022ގެ 12:00އަށް |
ޕަރފޯމަންސް ގެރެންޓީ
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
01 ޖުމާދަލްއާޚިރާ 1443
04 ޖަނަވަރީ 2022