ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ މަޤްޞަދުގައި 5 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ކޯލް ސެންޓަރެއް ޤާއިމްކުރެވި، ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަންބަރެއް ވަނީ ޚާއްސަކުރެވިފައެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 08:30 އިން މެންދުރު ފަހު 14:00 ގެ ނިޔަލަށް ކަމުގައި ދެންނެވީމެވެ. އަދި ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި މަޢުލޫމާތު ހޯއްދެވުމަށް އީ-މެއިލްގެ ޒަރީޢާއިން ހުށަހެޅުއްވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.
ޚިދުމަތް |
ފޯނު ނަންބަރު/އީ-މެއިލް އެޑްރެސް |
ޚިދުމަތް ލިބޭނެ ވަގުތު |
ޓްރާންސްޕޯޓް ހޮޓްލައިން ނަންބަރު |
1511 |
ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހެދުނު 08:30 އިން މެންދުރުފަހު 14:00 އަށް. |
ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށް. |
ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޖުމާދަލްއާޚިރާ 1443
04 ޖެނުއަރީ 2022