ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ދޫކުރާ 100 ހައުސިންގ ޔުނިޓްގެ ވަގުތީ ލިސްޓް އާންމުކުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމް ހުށައެޅުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)327-C/327/2021/1223 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ފޯމްތަކަށް ލިބިފައިވާ ޕޮއިންތަކުގެ ވަގުތީ ލިސްޓް އިޢުލާންކުރަމެވެ. އިޢުލާން ކުރެވިފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް މިއަދު 04 ޖަނަވަރީ 2022 އިން ފެށިގެން 12 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ފުރުސަތު ހުޅުވައިލަމެވެ. ޝަކުވާ ހުށައަޅާނީ ނައިފަރު ކައުންސިލްގެ "އެކި އެކި ޝަކުވާތަކާއި ގުޅިގެން މައްސަލަ ހުށައަޅާ ފޯމް" މެދުވެރިކޮށް ނައިފަރު ކައުންސިލްގެ އިދާރާއަށެވެ. އީމެއިލްގެ ޒަރީއާއިން ޝަކުވާ ހުށައަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ. |