ދިވެހިރާއްޖެ
ނަންބަރު: (PR)203-ECA/1/2022/1
ނޫސްބަޔާން
ވ. ވަށުގިރީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ
ވަށުގިރި ޕްރައިވެޓް ލިމިޓެޑްއިން ވ.ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދާ (2012) ޚިލާފަށް ކޮށްފައިވާތީ 'ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93)' ގެ ދަށުން ހަދާފައިވާ 'ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9)' ގެ 16 ވަނަ މާއްދާގެ ދަށުން އަދި 'ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރު: ‘(2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 750،593 (ފަސް ލައްކަ ނުވަދިހަ ތިންހާސް ހައްސަތޭކަ ފަންސާސް ) ދިވެހިރުފިޔާއިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް ވަނީ 03 ޖެނުއަރީ 2022 ގައި ޖޫރިމަނާކޮށްފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އަންގާފައެވެ.
.......................................................
01 ޖުމާދުއާޙިރާ 1443
04 ޖެނުއަރީ 2022