ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތަކަށް އިތުރުކުރި މަގުބައްތިތަކަށް ބޭނުންވާ ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން  އިތުރުކުރި މަގުބައްތި ތަކަށް ބޭނުންވާ 600 މީޓަރުގެ 2.5 ޓޫކޯ ފަތި ކޭބަލް، މި އިދާރާގެ ގުދަނާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، ކޭބަލް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު

ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ

ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ކޭބަލްގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

-          600 މީޓަރު ކޭބަލް ފޯރުކޮށްދިނުމަށް ހުށަހަޅާ އަގަށް %75

-          ތަޖުރިބާ %5

-          ކޭބަލް ފޯރުކޮށްދެވޭނެ މުއްދަތު %20

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޖުމާދުލްޢޫލާ 1443

02 ޖަނަވަރީ 2022

02 ޖަނަވަރީ 2022
ހޯދާ