އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުން.

އިޢުލާން

ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް ގެޒެޓްކުރުން

 

2013   ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތ.އޮމަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް 2013 މެއި 13 ވީ ހޯމަ ދުވަހު ގެޒެޓް ކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި ތ.އޮމަދޫ ކައުންސިލުގެ އިދާރާގައި ފެންނަން ހުންނާނެއެވެ. އަދި 1414 އަށް އެސް.އެމް.އެސް. ފޮނުވައިގެން ވެސް ލިސްޓުގައިވާ މަޢުލޫމާތު ޗެކްކުރެވޭނެއެވެ.

ގެޒެޓް ކުރެވިފައިވާ ލިސްޓުގައިވާ އިޞްލާޙަކާމެދު ޢާންމު ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ތ.އޮމަދޫ ކައުންސިލުގެ އިދާރާއަށެވެ. މި ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި ތ.އޮމަދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ  2013މެއި 13 އިން ފެށިގެން  2013އޭޕްރީލް 22 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މިހެންވެ، މި ކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 3  ރަޖަބު    1434

13 މޭ 2013
ހޯދާ