ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ޕްރެޒިޑެންޓް ސްކޮލަރޝިޕްސް ފޮރ ފޮރިން ސްޓޫޑެންޓްސް ފޮރ ދަ 2014 (ސްރީލަންކާ)

- މި ޕުރޮގުރާމުގެ ދަށުން ކޯސް ލިބޭ ދާއިރާތަކާއި، ޔުނިވަރސިޓީތަކުގެ މަޢުލޫމާތު މި ޑިޕާރޓްމަންޓުގެ ވެބްސައިޓުންނާއި www.mohe.gov.lk ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ:

-  ބެޗްލަރސް ޑިގްރީ.

ކޯހުގެ ލެވެލް:

-  4 ފުރުޞަތު

ކޯހުގެ އަދަދު:

ބެޗްލަރސް ޑިގްރީ:

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި

ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.)  އަދި

ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

  • 15 އޮކްޓޫބަރު 2014 އާ ހަމައަށް 25 އަހަރު ފުރިފައި ނުވުން.
  • މީގެ އިތުރުން ޔުނިވަރސިޓީ އިންފޮމޭޝަން ޝީޓުގައިވާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ.

ކޯހުގެ ޝަރުތުތައް:

  • މިއީ ސްރީލަންކާގެ ސަރުކާރުގެ ފަރާތުން އެކި ޤަޢުމުތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. އެހެންކަމުން ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވޭނީ ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަކޮށްގެންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ކޯސް ހަމަޖެހޭ ދަރިވަރުންގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ސަރުކާރުގެ ފަރާތުންނެވެ.
  • ސްކޮލަރޝިޕަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން މި ސްކޮލަރޝިޕަށް ކޮލިފައިވާ ކެނޑިޑޭޓުންގެ އެޕްލިކޭޝަން ސްރީލަންކާއަށް ފޮނުވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދީފައިވާ ސްރީލަންކާގެ ޔުނިވަރސިޓީ އިންނެވެ.
  • ކެންޑިޑޭޓަކަށް އެއް ކޯހަކަށް ވުރެ ގިނަ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.
  • ކެންޑިޑޭޓުން ކިޔެވުމަށް ( ސްކޮލަރޝިޕްގެ ދަށުން ލިބޭ ކޯސްތަކުގެ ލިސްޓުގައިވާ ކޯސްތަކުގެ ތެރެއިން) ނަގާ ކޯހަކީ ސްކިލް ޝޭޓޭޖް ލިސްޓުގައިވާ ކޯހެއްކަމުގައި ވާންޖެހޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.
  • މިކޯހާބެހޭމަޢުލޫމާތު www.mohe.gov.lk މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. (ޑީ.އެޗް.އީ ގެ ފޯމާއި، ސްރީލަންކާ ގަވަރމެންޓް ސްކޮލަރޝިޕް އެޕްލިކޭޝަން)
  • ތަޢުލީމީ (އޯލެވެލް، އޭލެވެލް) ސެޓުފިކެޓާއި، ފުލް ޓްރާންސްކްރިޕްޓުގެ ކޮޕީގައި އަޞްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓު ސެޓުފިކެޓު)
  • އެޓެސްޓުކޮށްފައިވާ ލިޔުމުގައި އެޓެސްޓުކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚުތިޔާރު މި ޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކެންޑިޑޭޓުން ހުށަހަޅާ ކޯހާއި ޔުނިވަރސިޓީއަކީ "މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ" އިން  އެކްރެޑިޓްކުރާ ކޯހެއް/ ނުވަތަ ޔުނިވަރސިޓީއެއްކަން އެނގޭނެ ލިޔުން.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • އިނގިރޭސިބަހަށް ތަރުޖަމާ ކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު ކޮޕީ (އެޓެސްޓު ކޮށްފައިވާ އަސްލު)
  • ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ (އެޓެސްޓު ކޮށްފައިވާ އަސްލު)
  • މެޑިކަލް ސެޓުފިކެޓު (އެޓެސްޓުކޮށްފައިވާ އަސްލު)
  • ޕޮލިސް ރިޕޯޓް (އެޓެސްޓު އަސްލު)
  • އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުގެ ނަމަށް ބަދަލެއް ގެނެސްފައިވާ ނަމަ، އެކަމުގެ ރަސްމީ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 21 ސެޕްޓެންބަރު 2014 (އާދީއްތަ) ދުވަހުގެ 14.30 ގެ ކުރިން މި ޑިޕާރޓްމަންޓުގެ ކައުންޓަރަށް (ވެލާނާގެ / 2 ވަނަ ފަންގިފިލާ)  އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8.30 އިން މެންދުރުފަހު 14.30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާރޓްމަންޓުގެ ކައުންޓަރުންނާއި އަދި މި ޑިޕާރޓްމަންޓުގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ.  އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ.

03 އޮގަސްޓް 2014
ހޯދާ