މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޤަވާޢިދާ ޚިލާފަށް ބަނދަރުގެ ބިންތައް ބޭނުންކުރުމާއި ބެހޭ
                                ރ. ދުވާފަރުގެ ބަނދަރުގެ އެކި ސަރަޙައްދުތައް ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދެއެވެ. ނަމަވެސް މިއީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާޢިދު 2014/R-237 ގެ ދަށުން މަނާކަމެކެވެ. ވީމާ، މިފަދަ ތަކެތި ހުރިނަމަ، ލަސްނުކުރައްވާ އެތަންތަނުން އެއެއްޗެތި ނަންގަވައި ދެއްވާ ހުސްކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ، ބަނދަރުގެ މަގުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާތީ އެކަމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އެއްޗެށް އެސަރަޙައްދުގައި ނުބެހެއްޓުމަށް އިލްތިމާސް ކުރަމެވެ.
މިފަދަ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން މިއިދާރާއަށް ދެއްވާ އެއްބާރު ލެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.
             03 ޖަނަވަރީ 2022
            
        
                    ހޯދާ  
                
                 
                    