އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް
މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)GS40/2021/25 (01 ޑިސެންބަރ 2021) އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖަނަވަރީ 03 އިން 2022 ޖަނަވަރީ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 12 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 18 ވާ އަންގާރަ ދުވަހުގެ 12:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އއ.އަތޮޅު ތަޢުލީމީ މަރުކަޒު
އއ.ރަސްދޫ ، ދިވެހިރާއްޖެ.
ފޯން: 6660020
އީ-މެއިލް: [email protected]
03 ޖަނަވަރީ 2022
ހޯދާ