މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ:

  1442 ވަނަ އަހަރު މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށުއެޅުމުގެ ފުރުޞަަތު 02 ޖެނުއަރީ 2022 އިން ފެށިގެން 20 ޖެނުއަރީ 2022 ގެ ނިޔަލަށް މުޅިރާއްޖެއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވަނީ ހުޅުވާލާފައެވެ.

  ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ފޯމްތަކާއި މުއްދަތުހަމަވުމުގެ ފަހުން ހުށައެޅޭ ފޯމްތައް ބަލައިނުގަނެވޭނެއެވެ. މިކަމަށް އެދި ހުށައަޅާ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިންނެވެ. އަދި ފޯމް ހުށައަޅާ ފަރާތްތަކަށް، ފަޤީރުންގެ ދަފްތަރުގައި ހިމެނުނުކަން ނުވަތަ ނުހިމެނޭކަން ރަސްމީ ލިޔުމަކުން އެންގޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޖަނަވަރީ 2022
ހޯދާ