މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރި (ތަނުގެ ބޮޑުމިން: 357.5 އަކަފޫޓްގ) ތަނެއް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2021/137 އިއުލާނާއި ގުޅޭ

  މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރި (ތަނުގެ ބޮޑުމިން: 357.5 އަކަފޫޓްގ) ތަނެއް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2021/137   އިއުލާނާއި ގުޅިގެން އަގު ހުށައެޅުމަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ހާޒިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 11 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

  

03 ޖަނަވަރީ 2022
ހޯދާ