ދިވެހިރާއްޖެ
އިޢުލާން
ރަސްމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ އޮފިސަރގެ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
|
މަޤާމް |
ސެކިއުރިޓީ އޮފިސަރ |
|
ބޭނުންވާ އަދަދު |
01 |
|
މުއްދަތު |
02 އަހަރު (ކޮންޓެކްޓް) |
|
އަސާސީ މުސާރަ |
-/3100 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1000 ރުފިޔާ |
|
ޑިއުޓީ އެލަވަންސް |
-/1200 ރުފިޔާ |
|
މަޤާމް އޮތް އޮފީސް |
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ |
|
މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު: |
ރަސްމީ ދުވަސްތަކުގައި މެންދުރުފަހު 14:00 އިންފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް އަދި ބަންދު ދުވަސްތަކުގައި 24 ގަޑިއިރު (ޝިފްޓް ޑިއުޓީ އުޞޫލުން ސެކިއުރިޓީ ބެލެހެއްޓުން) |
|
ސެކްޝަން |
މުނިސިޕަލް ސާރވިސް ސެކްޝަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ |
|
އެހެނިހެން އިނާޔަތްތައް |
ހަމަޖެހިފައި އޮންނަ އުޞޫލުން ރަމަޟާން އިނާޔަތާއި އެހެނިހެން އިނާޔަތްތައް ލިބޭނެ |
|
މަޤާމުގެ އަސާސީ ޝަރުތު: |
1- ލިޔަންކިޔަން އެނގުމާއި އެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން. 2- އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު: |
1- ކައުންސިލް އިދާރާގެ ޢިމާރާތާއި، ގޯތިތެރެއާއި، ގޯތީގެ ބޭރުވަށާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން. 2- ސެކިއުރިޓީ ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ޤަވާއިދުން، ފަރުވާތެރިކަމާއި އެކު ޑިއުޓީ ކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފިރިހެނުންނަށް އިސްކަން ދެވޭނެ. 2- ޑިއުޓީގައި ގިނަ ވަގުތު ހޭލާ އުޅެވޭނެ ފަރާތްތަކަށްވުން.
|
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި، ގަޑި އަދި އިންޓަރވިއު އޮންނާނެ ތަން 24 ގަޑިއިރު ކުރިން ކައުންސިލް އިދާރާއިން އަންގާނެއެވެ. |
|
ހުށައަޅަން ޖެހޭ ލިޔުންތައް: |
1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ) 6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2022 ޖެނުއަރީ 11 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ. |
|
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖެނުއަރީ 2022
