މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާ ގުޅޭ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން އއ. ހިމެންދޫއަށް ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތްތައް ހޯދުމަށް ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްސީލް:

  • ރަށުގެ ބަނދަރަށް ލަފާ ހިބަރު، ފަރުމަސް އަދި ކަނޑު މަސްވެރިކަމުގެ ދޯނި ފަހަރުން މަސައްކަތުގެ ތަފްސީލް ބަޔާންކޮށްފައިވާ ލިޔުމުގައި ވާ އުސޫލުން މަހަކު ޖުމްލަ 40 (ހަފްތާއަކު 10) ދަތުރާއި ގުޅޭ މަސްވެރިކަމުގެ މައުލޫމާތު އަދި ބާނާފައިވާ މަހުގެ ދިގުމިނާއި ބަރުދަން ނެގުން.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު (އެއްބަސްވުމުގައި ތަފްސީލް ކުރެވޭނެ) ނެގުމުގައި އެހީތެރިވެދިނުން.

ނޯޓު: މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތާއި ހަވާލުވާ ފަރާތެއްގެ ޒިންމާއެކެވެ.

ބޭނުންވާ ޢަދަދު:             1

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރު ދުވަސް.

މަސައްކަތުގެ އަގު:            މަސައްކަތްކުރާ ކޮންމެ މަހަކަށް 5400/- ރުފިޔާ 

މަސައްކަތް ކުރަންޖެހޭ ތަން:      އއ. ހިމެންދޫގެ ބަނދަރުގައި

ޕޮއިންޓް ދިނުމުގެ އުސޫލު :

  • ތައުލީމީ ފެންވަރު:  80 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވާ ފަރާތެއް ނަމަ 80 ޕޮއިންޓް، ގްރޭޑް 7 ނިންމާފައިވާ ފަރާތެއް ނަމަ 52 ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ 40 ޕޮއިންޓް)

ތަޖުރިބާ : 20 ޕޮއިންޓް (މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތަކަށް ބަލާފައި، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް 20 ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 10 ޕޮއިންޓް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން

މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 12 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް އިން ނަމަ، [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

02 ޖަނަވަރީ 2022
ހޯދާ