އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިވެފައިވާރަށް ނޫން އެހެންރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

އިޢުލާން

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

2013 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތ.އޮމަދޫ ކައުންސިލުގެ ބައި-އިލެކްޝަނަށް އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2013 މެއި 15 ވާ ބުދަ ދުވަހުން ފެށިގެން 2013 މެއި 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މި ކަމަށް އެދި ހުށަހަޅާނީ "އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިންނާއި، ތ.އޮމަދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމު ހުށަހަޅަން އަންނަ މީހާ، ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ، ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެ ފޯމު ހިފައިގެން އަންނަ މީހާ އެ ފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކްސް އިން ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ނަމަވެސް މި ބައި-އިލެކްޝަނުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް  ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2013 މެއި 15 ވާ ބުދަ ދުވަހުން ފެށިގެން 2013 މެއި 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:00 އިން ހަވީރު  00: 4 އަށެވެ. މާލޭގައި ނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ރަޖިސްޓްރޭޝަން ސެކްޝަން ( ހައުސިންގ މިނިސްޓްރީގެ އިރުމަތި ކުރީގެ ޕަބްލިކްވޯކްސް ގޯޑައުން ހުރި އިމާރާތް) އަދި ތ.އޮމަދޫ ކައުންސިލުގެ އިދާރާގައެވެ.

އަދި ދަންނަވަމެވެ. މި ބައި-އިލެކްޝަނުގައި ވޯޓު ނެގޭ ރަށް ފިޔަވައި އެހެން ރަށެއްގައި ވޯޓު ފޮށްޓެއް ބެހެއްޓޭނީ އެ ތަނެއްގައި،  ވޯޓުލުމަށް މަދުވެގެން 20 މީހުން ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި ވޯޓު ނެގޭ ރަށް ފިޔަވައި އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީ ކުރިނަމަވެސް، އެ ތަނެއްގައި ވޯޓުލާން 20 މީހުން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ މީހަކަށް ވޯޓުލެވޭނީ އެ މީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.

ވީމާ، މި ކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

4 ރަޖަބު    1434

14 މޭ 2013
ހޯދާ