މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

 

                       

                                                        (IUL)337/337/2021/88ނަންބަރު 

އިޢުލާނު

                                                    

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-338484

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ،އެސް،3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ. / ކ. މާފުށި

މުސާރަ:

-/4465ރުފިޔާ

ސަރވިސް އެލަވަންސް:

-/1500ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލް  ސަރވިސް  މުވައްޒަފުންނަށް  ހަމަޖެހިފައިވާ  އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި  ލިބިލައްވާ -/700ރުފިޔާ (މަހަކު)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3- ކައުންސިލްގެ ކުއްލި ޖަލްސާތކުގެ އެޖެންޑާ،ކައުންސިލްގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި ކައުންސިލަރަކު އަންގަވާގޮތެއްގެ މަތިން ތައްޔާރުކޮށް މެމްބަރުންނަށް ފޮނުވުން.

4-ކައުންސިލްގެ އާއްމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުން ދުވަހަށް ސޮއިކުރުވާ،އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.

5-ކައުންސިލްގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުންދުވަހަށް ސޮއިކުރުވާ، އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.

6- ކައުންސިލްގެ އާއްމު ޖަލްސާތަކުގެ ޔައުމިއްޔާއާއި ކައުންސިލްގެ ކުއްލިޖަލްސާތަކުގެ ޔައުމިއްޔާތައް ހަފްތާއަކު 01 ފަހަރު ލިޔެނިންމުމަށްފަހު، މެބަރުންގެ ސޮއިކުރުވާ ފައިލްކުރަމުން ގެންދިޔުމާއި އެކު މަހަކު 01 ފަހަރު އަތޮޅު ކައުންސިލަށް ކޮޕީ ފޮނުވުން.

7- ކައުންސިލްގެ އަހަރުގެ ތަރައްޤީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ކައުންސިލްގެ ލަފާގެ މަތިން ކޮންމެ ދެ މަހަކުން އެއްފަހަރު އާއްމުކުރަމުން ދިޔުމާއި އަތޮޅު ކައުންސިލަށް އެކަން ފޮނުވުން.

8-ކައުންސިލުން ނިންމާ ނިންމުންތަކާއި ގުޅިގެން، އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި،އަންގަންޖެހޭ އެންގުންތައް އެންގުން.

9- ކައުންސިލުންގެ ނިންމުންތަކާއި ގުޅިގެން އެހެން ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ކައުންސިލްގެ ނިންމުމާއި ޔައުމިއްޔާ ޢުޟޫލު ޤާރާރުގެ ކޮޕީތައް ފޯރުކޮށްދެމުން ދިއުން، ނުވަތަ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން.

10- ކައުންސިލްގެ ރަސްމީ ވައިބަރ ގްރޫޕާއި ފޭސްބުކު ޕޭޖް މެނޭޖުކުރާމާއި ކައުންސިލްގެ ނިންމުންތަކާއި މަސައްކަތުގެ މަޢުލޫމާތު އާއްމުކުރަމުން ދިޔުން.

11- ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓް އެލްޖީއޭގެ ފޯމެޓާއި އެއްގޮތަށް ތައްޔާރުކުރުމަށް ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި ކައުންސިލްގެ ރައީސްގެ ކިބައިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު ރިޕޯޓް ފުރިމަހަކޮށް ،ޖުލައި މަހުގެ 10 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުމާއި އެކު ފައިލްކުރުން.

12- ކައުންސިލްގެ އަހަރު ދުވަހުގެ ރިޕޯޓް އެލްޖީ އޭގެ ފޯމެޓާއި އެއްގޮތަށް ތައްޔާރުކުރުމަށް، ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، ކައުންސިލްގެ ރައީސްގެ ކިބައިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު ރިޕޯޓް ފުރިހަމަކޮށް ޖެނުއަރީ މަހުގެ 10 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުމާއި ފައިލްކުރުން.

13- ކައުންސިލްގެ  ފެބްރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން،ކައުންސިލުގެ ރައީސްގެ ލަފާގެ މަތިން އިންތިޒާމްކޮށް އެޖެންޑާ ތައްޔާރުކުރުމާއި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި،ޖަލްސާނިމުމުން ޖަލްސާގެ ޔައުމިއްޔާ ފެބްރރުވަރީ މަހުގެ 15 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވައި ފައިލްކުރުން.

14- ޖެހިގެން އަންނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް ޖުލައި މަސް ނުމުމުގެ ކުރިން ކައުންސިލްގެ ލަފާގެމަތިން ތައްޔާރުކުރުމާއި،ޖުލައިމަހުގެ ބައްދަލުވުމަށް ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖައްސަވައި،ކައުންސިލުން ފާސްކުރުމުން ޖުލައިމަސް ނިމުމުގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުން.

15- ކައުންސިލްގެ ޖުލައިމަހު ރައްޔިތުންނާއި ބައްދަލުވުމުން ކައުންސިލްގެ ރައީސްގެ ލަފާގެމަތިން އިންތިޒާމްކޮށް އެޖެންޑާ ތައްޔާރުކުރުމާއި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި،ޖަލްސާނިމުމުން،ޖަލްސާގެ ޔައުމިއްޔާ،ޖުލައިމަސް ނިމުމުގެ ކުރިން އަތޮޅުކައުންސިލަށް ފޮނުވާ ފައިލްކުރުން.

16- ކައުންސިލިން އެކި ފަރާތްތަކާއި އެކުގައި ބާއްވާ ރަސްމީ ބައްދަލުވުންތައް ކައުންސިލްގެ ރައީސްގެ ލަފާގެމަތިން އިންތިޒާމްކުރުމާއި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން.

17- ކައުންސިލްގެ ރަސްމީ ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެ މަތިން ހަމަޖެއްސުމާއި، ބޭނުންވާ ޙިދުމަތްތައް އިދާރީ އޮނިގަނޑުގެ ތެރެއިން ހޯދުމާއި ދަތުރު ރިޕޯތް ތައްޔާރުކޮށް އެޗް އާރު ސެކުޝަންއަށް ހުށަހެޅުން.

18-ކައުންސިލްގެ ޕާރފޯމެންސް އިންޑެކްސް ގެ ސުވާލުކަރުދާސް ފުރިހަމަކުރުމުގެ ގޮތުން ޝެކުޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ކުރިއާލާ ސެކްޝަންތަކަށް އަންގައި ހޯދުމާއި ލިޔެއިޔުންތައް ހަމަކޮށް ކިތާބީ ހެކިތައްކާއި އެކު މުއްދަތަށް ފޮނުވުމުގައި އިސްދައުރު އަދާކުރުން.

19- އަދި މިނޫނަސް ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކައުންސިލްގެ ރައީސް،ނައިބްރައީސް އަންގަވާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. ނުވަތަ،

 

2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. 

މަސައްކަތުގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   http://www.csc.gov.mv/downloads/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

%30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

%5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމެންޓް ދާއިރާ

%5

އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)

%25

އިންޓަރވިއު

%35

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 10 ޖަނަވަރީ 2022 އާއި 15 ޖަނަވަރީ 2021 އާއި ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640073 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

26 ޖުމާދަލްއައްވަލް  1443

30  ޑިސެމްބަރ   2021

 

 

30 ޑިސެންބަރު 2021
ހޯދާ